ރާއްޖޭގައި ވެކްސިން ޓުއަރިޒަމް ފަށާނީ ރާއްޖޭގައި އުޅޭ ހުރިހާ ރައްޔިތުން ވެކްސިން ޖަހާ ނިމުމުންކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވެފައިވަނީ ވެކްސިން ޓުރިޒަމް ތަޢާރަފްކޮށްފިނަމަ ދިގު މުއްދަތަކަށް ފަތުރުވެރިން ރާއްޖޭގައި ތިބޭނެކަމަށާއި، އެކަމުގެ ފައިދާ ކުރާނެކަމަށެވެ. އަދި ވެކްސިން ޓޫރިޒަމް ތަޢަރަފްކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެ ހަދަން ބޭނުންވާކަމަށާއި، އެކަމަށް މަސައްކަތްކުރައްވަމުން ގެންދަވާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މައުސޫމް ވިދާޅުވީ ވެކްސިން ޓޫރިޒަމްގެ ވާހަކައާއެކު ރާއްޖެއަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔަކަމަށެވެ. އަދި ވެކްސިން ޖަހަން އަންނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމުގެ މަސައްކަތް މިއަހަރުގެ ފަހު ހަތަރު މަހުގެ ތެރޭގައި ފެށޭނެކަމަށް މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޓޫރިޒަމް ފެށިނަމަވެސް، އެކަން ފަށާނީ ރާއްޖޭގެ އާބާދީއަށް އެއްކޮށް ވެކްސިން ދީ ނިމުމުންކަމަށެެވެ. އަދި ވެކްސިން ޓޫރިޒަމަކީ ވިޔަފާރީއެއްގެ ގޮތުގައި ކުރިއަށްގެންދަން ރާވާކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މިއީ ރާއްޖެއަށް މިވަގުތުގައިވެސް އައިސްދިނީތީ ޝުކުރިއްޔާއޭ ބުނެލަން ވެގެން ފަށާ ޕްރޮގްރާމެއް." މައުސޫމް ވިދާޅުވިއެވެ.
ކޯވިޑާއެކު ރާއްޖޭގައި ފަތުރުވެރިކަން ހިންގަން އެޅި ޚާއްޞަ ފިޔަވަޅުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން މަޑުމަޑުން ރަނގަޅުވަމުން އަންނައިރު ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ރާއްޖެއަށް މިއަހަރު އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު