ފިޤްހު އެކެޑެމީގައި ތިބެންވާނީ ބޭރު ޤައުމުތަކުން ފަތުވާ އިމްޕޯޓް ނުކުރާ ފިގުހުވެރިން ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިމިވަނީ، ފިޤުހު އެކެޑެމީ އަލުން އެކުލަވާލުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ބުނެފައިވަނީ އެ އިސްލާޙު މަޖިލީހުގެ ހިނގަމުންދާ ދައުރަށް ހުށައަޅުއްވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ޑރ. ޝަހީމް މިއަދު ވިދާޅުވީ، ފިޤުހު އެކަޑަމީގައި ތިބެންވާނީ އެހެން ޤައުމުތަކުގެ ފަތުވާ އިމްޕޯޓް ނުކުރާ، އަމިއްލަ ރައުޔަށް ތައައްސުބު ނުވާ އިލްމީ ފިގުހީ ބަހުސް ކުރަން ދަންނަ އަދި ވަގުތާއި ހާލަތަށް ފިގުހު ފައްތަން ދަންނަ ފިގުހުވެރިން ކަމަށެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އެކުލަވާނުލާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައި އިއްޔެވަނީ ބަޙުސްވެސް ކޮށްފައެވެ. މި ސަރުކާރުގެ ވިސްނުމަކީ ފަތުވާ މަޖިލީހެއްގެ ބަދަލުގައި ފިޤުހު ކޮމިޓީއެއް އެކުލަވާލުމެވެ.
ފަތުވާދޭ މަޖިލީހުގެ މެމްބަރުންގެ ފަސް އަހަރުގެ ދައުރު ފުރިހަމަވެ، މިވަގުތު އެމަޖިލިސް އޮތީ ހުސްކޮށެވެ. މިމަޖިލީހަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 އޭޕްރީލް 25 ގައި އުފެއްދެވި މަޖިލީހެކެވެ.

Fatwa Council ga nuvata Fiqh Academy ga viyas thibenvee ehen Qaumu thakuge fatwa import nukuraa, Amilla rauyah tha'assubu nuvaa Ilmee Fiqhee bahus kuran dhanna, adhi vaguthaa haalathah Fiqh fatthan dhanna Fiqhuverin.
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 22, 2022
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އެކުލަވާނުލާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައި އިއްޔެވަނީ ބަޙުސްވެސް ކޮށްފައެވެ. މި ސަރުކާރުގެ ވިސްނުމަކީ ފަތުވާ މަޖިލީހެއްގެ ބަދަލުގައި ފިޤުހު ކޮމިޓީއެއް އެކުލަވާލުމެވެ.
ފަތުވާދޭ މަޖިލީހުގެ މެމްބަރުންގެ ފަސް އަހަރުގެ ދައުރު ފުރިހަމަވެ، މިވަގުތު އެމަޖިލިސް އޮތީ ހުސްކޮށެވެ. މިމަޖިލީހަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 އޭޕްރީލް 25 ގައި އުފެއްދެވި މަޖިލީހެކެވެ.
ކިޔުންތެރިންގެ ހިޔާލު