ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ކޮށްދިން ހެޔޮކަންތައްތައް އޮޅުވާލެވޭ ވަރަށްވުރެ މާ ސާފުކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީގެ މަޤާމުގައި ހުންނެވި އަޙްމަދު ޢަބްދުالله މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ރައްޔިތުންނަށް ހެޔޮކަމެއް ކޮށްދޭ ވާހަކަދެއްކުމުން، ބައެއް ބޭފުޅުން ވަރަށް ބޮޑަށް ހަގީގަތް އޮޅޫވާލަން މަސައްކަތް ކުރާކަމަށެވެ.
ނަމަވެސް މި ސަރުކާރުން ކޮށްދިން ހެޔޮ ކަންތައްތައް އޮޅުވާލެވޭ ވަރަށްވުރެ މާ ސާފުކަމަށް އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އިސްބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަޙްމަދު ޢަބްދުالله ވިދާޅުވެފައިވަނީ، އެއްވެސްކަމެއް އޭގެ އަސްލު އޮޅުވާލާ ސިޔާސީ ހަތިޔާރަކަށް ހެދުމުން ލިބޭ މޮޅެއް ނޯންނަކަމަށެވެ.
އޭގެއިތުރުން ޤައުމުގެ ކަންކަން ރައްޔިތުންގެ މަސްލަޙަތާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކުރަށްވާ މަސައްކަތްޕުޅުގެ ނަތީޖާދަނީ ފެންނަމުން ކަމަށްވެސް މެންބަރު އަޙްމަދު ޢަބްދުالله ވިދާޅުވެފައިވެއެވެ. އަދި 2023ގައި ރައީސް ކަމަށް އެންމެ ރަނގަޅު ޗޮއިސް އަކީ ރައީސް ޞާލިޙް ކަމަށް އަޙްމަދު ވިދާޅުވިއެވެ.

RJ @ibusolih ge Sarukaarun rayyithunnah heyokameh kohdhey vaahaka bunelaairah baeh beyfulhun varahbodah hageegaiy olhuvaalan masakkaiykuri kamugaviyas ekankan olhuvaalevey varahvure maadaafu. #heyoverikan.
— Ahmed Abdulla (@ahmedabdulla2a) August 3, 2022
އެމްޑީޕީގެ އިސްބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަޙްމަދު ޢަބްދުالله ވިދާޅުވެފައިވަނީ، އެއްވެސްކަމެއް އޭގެ އަސްލު އޮޅުވާލާ ސިޔާސީ ހަތިޔާރަކަށް ހެދުމުން ލިބޭ މޮޅެއް ނޯންނަކަމަށެވެ.
އޭގެއިތުރުން ޤައުމުގެ ކަންކަން ރައްޔިތުންގެ މަސްލަޙަތާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކުރަށްވާ މަސައްކަތްޕުޅުގެ ނަތީޖާދަނީ ފެންނަމުން ކަމަށްވެސް މެންބަރު އަޙްމަދު ޢަބްދުالله ވިދާޅުވެފައިވެއެވެ. އަދި 2023ގައި ރައީސް ކަމަށް އެންމެ ރަނގަޅު ޗޮއިސް އަކީ ރައީސް ޞާލިޙް ކަމަށް އަޙްމަދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު