މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް
ރާއްޖޭގެ ޙާލަތު މިހާރުހުރި ގޮތުން ގައުމާއި ރައްޔިތުން އިސްކުރާނެ ފިކުރެއް ބޭނުންވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ އިސްވެރިންގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ޝަރީފް ވިދާޅުވީ ރާއްޖެއިން މިހާރު މިފެންނަނީ ރައްޔިތުންގެ ވެރިކަމުގެ ބާރު ކެނޑިފައިވާ މަންޒަރު ކަމަށެވެ. އެހެންކަމުން ގައުމާއި ރައްޔިތުން އިސްކުރާނެ ފިކުރެއް ބޭނުންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސައިރިކްސް ކޮލެޖްގެ ޗެއަރމަންގެ މަޤާމުގައިވެސް ހުންނެވި ޝަރީފް ވިދާޅުވީ ޤާނޫނު ތަންފީޒު ކުރަންތިބޭ ބައެއްގެ އަމިއްލަ މަސްލަހަތު ބޮޑުވެ، ގާނޫނުތަކުގެ ބާރު ކެނޑޭ ހިސާބުން، ރައްޔިތުންގެ ވެރިކަމުގެ ބާރު ކެނޑޭނެ ކަމަށެވެ.

"އެމަންޒަރު މިހާރު މިރާއްޖެއިން ފެންނަނީ، ބަދަލު ހިފުމުގެ ރޫހު ދޫކޮށް، ގައުމާއި ރައްޔިތުން އިސްކުރާނެ ފިކުރެއް ބޭނުންވޭ." ޝަރީފް ވިދާޅުވިއެވެ.



ބަދަލު ހިފުމުގެ ރޫހު ދޫކޮށްލަން ޖެހޭކަމަށް ޝަރީފް ވިދާޅުވެފައިވާއިރު ރައީސް ޞާލިޙަށް ނިސްބަތްކޮށް ރައީސް ނަޝީދު ޒިނޭގެ ތުހުމަތު ކޮށްފައިވާކަމަށް ބުނާ ވަޓްސްއެޕް މެސެޖްތަކެއް މީސް މީޑިއާގައިދަނީ ދައުރުވަމުންނެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަށް ތުހުމަތުކުރާ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި ނާޒިމް ހައްޔަރުކޮށް މުއްދަތު ޖެހުމާ ގުޅިގެން ރައީސް ނަޝީދާއި އެމްޑީޕީގެ އިސްސަފުގައި ތިއްބެވި އެމަނިކުފާނުގެ ޢާއިލީ ބޭފުޅުން ވަނީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ޢަމަލުތަކެއް ދަޢުލަތުގެ ބައެއް އިސްވެރިން ކުރެއްވިކަމަށް ތުހުމަތުކޮށްފައިކަމަށް ދައުރުވަމުންދާ މެސެޖުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު