ވަޒީރުކަމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށް އިސްމާލިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ އަރިހުން ޑރ. އިޔާޒް އެދިވަޑައިގެންފިއެވެ.
ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވަނީ ޔޯގާ ޙަރަކާތަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއި އެއީ މުސްލިމުންނަށް ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ބައެއް އިލްމްވެރިން ވިދާޅުވެފައި ވަނިކޮށް ޢިލްމުވެރިންގެ ބަސްފުޅާ ދެކޮޅަށް ރައީސް ނަޝީދު ޚިޔާލުފާޅުކުރެއްވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަބޭކަލުންގެ އިޖުމާޢެއް ނެތްކަމަށެވެ.
އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ އިސްލާމިކް މިނިސްޓަރ މަޤާމު ދޫކޮށްލައްވަން ޖެހުނުނަމަވެސް، ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައިވާތީ އެމަނިކުފާނަށް ފިޔަވަޅު އެޅުއްވުމަށް ފަސްޖެހިވަޑައިގަނެގެން ނުވާނެ ކަމަށެވެ.
"މިއީ ސީރިޔަސް މައްސަލައެއް." ޑރ އިޔާޒް ވިދާޅުވެފައިވެއެވެ.
މީސް މީޑިއާގައި ޚިޔާލުފާޅުކުރަމުން ޢާއްމުންގެ މީހަކު ބުނެފައިވަނީ ދީނީ ޢިލްމުވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހުއްދައަކާ ނުލައި ނުވަތަ މިނިސްޓްރީ ނުރުހޭ ގޮތަށް ބަސް ބުނެވޭ ވަގުތު ފިޔަވަޅު އަޅާކަމަށެވެ. އެހެންކަމުން ދީނުގެ ޢިލްމެއް ނެތް ހުއްދައެއް ނެތް މީހުން ދީނުގެ ކަންކަމާ ބަސް ބުނާ ކަމުގައިވާނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށް ކުރީގެ ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެއީ ހަރާމްކަމެއް ނޫންކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ޑރ. އިޔާޒް ގޮވާލައްވާފައި ވާއިރު ރައީސް ނަޝީދު ޔޯގާއާއިމެދު ޚިޔާލު ފާޅުކުރެއްވީ ދީނީ ނަޒަރިއްޔާތަކުން ނޫނެވެ. އަދި އެކަމުގައި އެމަނިކުފާނު ދީނީ ފަތުވާއެއް ވެސް ނެރުއްވާފައެއް ނުވެއެވެ.
ޔޯގާގެ މައްސަލައިގައި ބަހުސް ހޫނުވެފައި މިވަނީ، ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތައް ބަޔަކު ހުރަސްއަޅައި ހުއްޓުވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ތަޙުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިއީ ސީރިޔަސް މައްސަލައެއް @AhmedZahirAli. މަޤާމު ދޫކޮށްލައްވަން ޖެހުނުނަމަވެސް، މިކަމުގައި ފިޔަވަޅު އެޅުއްވުމަށް ފަސްޖެހިވަޑައި ނުގަންނަވާ. https://t.co/0tla1uZe6i
— Dr.Mohamed Iyaz (@dr_iyaz) July 27, 2022
މީސް މީޑިއާގައި ޚިޔާލުފާޅުކުރަމުން ޢާއްމުންގެ މީހަކު ބުނެފައިވަނީ ދީނީ ޢިލްމުވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހުއްދައަކާ ނުލައި ނުވަތަ މިނިސްޓްރީ ނުރުހޭ ގޮތަށް ބަސް ބުނެވޭ ވަގުތު ފިޔަވަޅު އަޅާކަމަށެވެ. އެހެންކަމުން ދީނުގެ ޢިލްމެއް ނެތް ހުއްދައެއް ނެތް މީހުން ދީނުގެ ކަންކަމާ ބަސް ބުނާ ކަމުގައިވާނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށް ކުރީގެ ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެއީ ހަރާމްކަމެއް ނޫންކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ޑރ. އިޔާޒް ގޮވާލައްވާފައި ވާއިރު ރައީސް ނަޝީދު ޔޯގާއާއިމެދު ޚިޔާލު ފާޅުކުރެއްވީ ދީނީ ނަޒަރިއްޔާތަކުން ނޫނެވެ. އަދި އެކަމުގައި އެމަނިކުފާނު ދީނީ ފަތުވާއެއް ވެސް ނެރުއްވާފައެއް ނުވެއެވެ.
ޔޯގާގެ މައްސަލައިގައި ބަހުސް ހޫނުވެފައި މިވަނީ، ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރަން ބޭއްވި ހަރަކާތައް ބަޔަކު ހުރަސްއަޅައި ހުއްޓުވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ތަޙުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު