ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ނަންވާނީ ޝައިޚުންކަމަށް ވިދާޅުވެ ޝައިޚް ޢަލީ ޒައިދު މިއަދު ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

ބައިނަލް އަޤުވާމީ ޔޯގާ ދުވަހުގެ ޙަރަކާތަށް ހުރަސްއެޅުމުގެ ތުހުމަތުގައި ބައެއް ޝައިޚުން ހައްޔަރުކޮށްފައި ވަނިކޮށް ދަޢުލަތުގެ އިސްފަރާތްތަކާ ގުޅުންއޮތް ފަރާތްތަކެއް ކަމަށް ބެލެވޭ ބައެއްގެ ބަރަހަނާ މަންޒަރުތަކެއް މީސްމީޑިއާގައިވަނީ ދައުރުވާން ފަށާފައެވެ. އެކަމާގުޅިގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތަކެއް ބަލަމުންދާކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކާ ގުޅިގެން ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ ނަޖިސްކޮށް އުޅެނީ ކޮންބައެއްކަން މިއަދު އެންމެންނަށް އެނގިއްޖެ ކަމަށެވެ. އަދި "ލިވާތު ބާގައިގެ އަހުލުވެރިން" ބޭޒާރުވިއިރު 'ބައެއް ނޫސްތަކުން' ވެސް ވަރަށް ދެފުށްދެގޮތް ސިޔާސަތުތަކެއް ގެންގުޅޭކަމަށް ޝައިޚް ވިދާޅުވިއެވެ.

"އެކަމު ނަންވާނީ ޝައިޚުން!" ޒައިދު ވިދާޅުވެފައިވެއެވެ.

ލީކުވެފައިވާ ބަރަހަނާ މަންޒަރުތަކުގެ މައްސަލާގައި މީޑިއާތަކުން ޢަމަލުކުރާގޮތަށްވެސް ޒައިދުވަނީ ފާޑު ވިދާޅުވެފައެވެ. އަދި މީޑިއާތަކުން ބައެއް ކަހަލަ މީހުން ހިމާޔަތްކޮށް ފޮރުވަން އުޅުނަސް ބޭޒާރުވެ ނިމިއްޖެ ކަމަަށް ޒައިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު