ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ރުވާންޑާގެ ރައީސްގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް ރުވާންޑާއިން ރަސްމީގޮތުން މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
ހަމައެއާއެކު ރުވާންޑާއަށް ވަޑައިގެންނެވި ބޭރުގެ ޤައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި ރުވާންޑާގެ ރައީސް ޕޯލް ކަގާމޭ އާއި އަނބިކަނބަލުން ޖެނެޓް ކަގާމޭ ދެއްވި ރަސްމީ ޖާފަތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރަސްމީގޮތުން މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތާއި ރަސްމީ ޖާފަތް ބޭއްވެވީ ރުވާންޑާގެ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ.
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން (ސީ.އެޗް.އޯޖީ.އެމް) 2022ގައި ބައިވެރިވެރިވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގެންފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުމަށް 54 ޤައުމެއްގެ އެންމެ އިސްވެރިން ކިގާލީއަށް ވަޑައިގަންނަވާއިރު، މި ބައްދަލުވުމުގައި ޒުވާނުންނާއި، އަންހެނުންނާއި، ވިޔަފާރިއާއި، މަދަނީ މުޖުތަމަޢުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާތައް ކުރައްވާނެއެވެ. މީގެ އިތުރުން ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިން، ކޮމަންވެލްތް ލީޑަރުންގެ ރިޓްރީޓުގައި ވަކިން ބައްދަލުކުރައްވައި، ކޮންމަންވެލްތްގެ ޤައުމުތަކުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.
2020 ވަނަ އަހަރުގެ ފެބްރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނު ފަހުން، މިއީ ކޮމަންވެލްތްގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު