އެއްވެސް އެއްވުމަކަށް ގޮވާލާފައި ނުވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިޚް ސަމީރު މިމޭރުމުން ވިދާޅުވީ ބައިނަލް އަޤުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ޙަރަކާތުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގުމާގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ 12 މީހުން ދޫކޮށްލުމަށް ގޮވާލާ އިޙްތިޖާޖް ތަކަކަށް މީސް މީޑިއާގައި އެކި ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ޝައިޚް ސަމީރު ވިދާޅުވީ މީސް މީޑިއާގައި އޭނާގެ ނަން ބޭނުންކޮށްގެން އެފަދަ އެއްވުންތަކަށް ގޮވާލަމުންދަނީ "ވަގު އެކައުންޓް" ތަކަކުން ކަމަށެވެ. އަދި އެއްވެސް އެއްވުމަކަށް ގޮވާލާފައި ނުވާނެ ކަމަށްވެސް ޝައިޚް މިއަދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ނަމުގައި ވަގު އެކައުންޓް ހަދައިގެން އެކިތަންތަނަށް މީހުން އެއްކުރުމަށް ގޮވައި ފަތުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެއްވެސް އެއްވުމަކަށް އަޅުގަނޑު ގޮވާލާފައި ނުވާނެކަން އެންމެހައި އަޚުންނާއި އުޚްތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." ޝައިޚް ސަމީރު ވިދާޅުވެފައިވެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އަދި ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ.
މިކަން ސަރުކާރުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު