ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދު ކުރަންވީ ސިޔާސީ ޕާޓީތަކަށް ނޫންކަމަށާއި އެފައިސާ ޚަރަދު ކުރަންވީ ރައްޔިތުންގެ ބޭނުންތަކަށް ކަމަށް އެމްްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިގޮތަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާދޭން ގާނޫނުގައި ބުނާ މާއްދާ އުވާލަން އެމްއެންޕީގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މަޖިލީހަށް ހުށައެޅުއްވުމާ ގުޅިގެންނެވެ. އެމްއެންޕީން ބުނެފައިވަނީ ވަކި ޕާޓީތަކަކަށް ދަޢުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ އެންމެ އިންސާފްވެރި ގޮތް ނޫންކަމަށެވެ.
ދަޢުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ މައްސަލާގައި ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކަށްދޭ ފައިސާއާއި، ރައީސްކަން ކޮށްފައި ސިޔާސީ މަސައްކަތް ކުރާ ރައީސުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކުރުމަކީ ގިނަރައްޔިތުން ބޭނުންވާގޮތް ނޫންކަމަށެވެ. އަދި އެފައިސާ ރައްޔިތުންގެ ބޭނުންތަކަށް ޚަރަދުކުރުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
"އާސަންދަ ނުލިބި، ބޭރަށް ބޭސްފަރުވާއަށް ނުދެވިތިބި ބަލި މީހުންގެ ބޭސް ފަރުވާއަށް އެފައިސާ ހަރަދުކުރަން އެދެނީ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މައްސަލައަކީ ސިޔާސީ ޕާޓީތަކާއި ކުރިން ރައީސްކަން ކުރި މީހުންނަށް ދޭ ފައިސާ ސަރުކާރުން އޮޑިޓް ނުކުރުން ކަމަށެވެ. އަދި އެފައިސާއިން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އެފައިސާއިން ކަރަންޓުބިލާ، ފެންބިލު ނުދެއްކިތިބި ރައްޔިތުންގެ ބިލު ދައްކާލަދީ." ޝަރީފް އިތުރަށް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ދައުލަތުގެ އަހަރީ ބަޖެޓުން 0.1 އާއި 0.2 އިންސައްތައިގެ އަދަދަކަށް ސިޔާސީ ޕާޓީތަކަށް ފައިސާދޭން ޖެހޭނެއެވެ.
އުޝާމް ހުށަހަޅުއްވާފައި ވަނީ އެ މާއްދާ އުވާލުމަށެވެ. އަދި 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ ވެސް އުވާލަން އޭނާ ހުށަހެޅުއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު