އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު
އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ފޮނުވީ، ފަނޑިޔާރުންތަކަކަށް ފްލެޓްތަކެއް ދިން މައްސަލައެއްގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުން، އެ ދެފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސީ ދައުލަތުން ބަލާ އާންމު އުސޫލުން ބޭރުންނެވެ. އެހެންވެ ފްލެޓްތަކާ އެ ފަނޑިޔާރުން ހަވާލުވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވަނީ ނިންމާފައެވެ.

އެ މައްސަލައިގައި ޖޭއެސްސީން އަމަލުކޮށްފައިވާ ގޮތް ބަޔާންކޮށް އެ ކޮމެޓީއަށް ދެ ފަނޑިޔާރުންވަނީ ސިޓީއެއް ފޮނުއްވާފައެވެ. މައްސަލަ ކޮމެޓީގައި ދިރާސާ ކުރުމުގެ ތެރޭގައި ކޮމެޓީއަށް ފާހަގަވި އެންމެ މުހިންމު ކަމަކީ، މީގެ ކުރިން ކޮމިޝަނުން އެ މައްސަލަ ބެލުމަށް ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީގެ ތިން މެންބަރުންގެ އިއްތިފާގުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމާފައިވާކަމެވެ. ނަމަވެސް، ފަހުން އެ ކޮމެޓީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، މަގާމުން ވަކިކުރަން ނިންމީ ކަމަށް ދެ ފަނޑިޔާރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދެވަނަ ކަމަކަށް ފާހަގަވެފައި އޮތީ އެ މައްސަލާގައި ޖޭއެސްސީން ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދީފައިނުވާ މައްސަލައެވެ.

އެހެންކަމުން، އެކަމުގައި މެންބަރުންނަށް އިޖުރާއީ މައްސަލަތަކެއް ފާހަގަވާތީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން މިދިޔަ މަހުގެ 26 ގައި ނިންމީ، މިކަމުގައި އިޖުރާއީ ބައެއް ސުވާލުތަކެއް އުފެދޭތީ އެ ކަންކަން ސާފުކުރުމަށް ޖޭއެސްސީއަށް ސިޓީއެއް ފޮނުވުމަށެވެ.

އަދި އެއަށްފަހު މި މައްސަލާގައި މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށްކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ކޮމިޓީން ފާސްކުރީ ދެ ފަނޑިޔާރުންގެ ފަރާތްޕުޅުން ކޮމިޓީއަށް ފޮނުއްވި ސިޓީއަށްވެސް ރިޔާއަތް ކުރެއްވުމަށްފަހުއެވެ.

ގާނޫނުގައި އޮންނަ ގޮތުން، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެ ކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން މައްސަލަ ކޮމެޓީގައި ދިރާސާކޮށް ތަޅުމުގައި ބަހުސްކުރުމަށްފަހު ވޯޓަށް އަހައިގެންނެވެ. ކޮމެޓީން ބަލާނީ ޖޭއެސްސީން ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ނުވަތަ ނޫންތޯ އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން