ސްރީލަންކާގެ ސަރުކާރާ އިދިކޮޅު ޕާޓީ، އެސްޖޭބީއިން އެގައުމުގެ އާބޮޑުވަޒީރަށް ތާއީދު ނުކުރާނެކަމަށް ހާމަކޮށްފިއެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ނާއިބު ރައީސެއް ހޮވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެސްޖޭބީގެ ޖެނެރަލް ސެކްރެޓަރީ ރަންޖިތު މަޑުއްމަ ވަނީ އެސްޖޭބީއިން ސްރީލަންކާގެ އާބޮޑުވަޒީރު، ރަނިލް ވިކިރަމަސިންގ އަށް ތާއީދު ނުކުރާނެކަމަށް ހާމަކޮށްފައެވެ. ނަމަވެސް އާބޮޑުވަޒީރަށް ތާއީދު ނުކުރާނެ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ރަނިލް ވިކްރަމަސިންގ ހަވާލުވެވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ރަނިލް ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ މަޖިލީހުގެ އަގުލަބިއްޔަތު އޮތް ރާޖަޕަކްސަގެ އެސްއެލްޕީޕީން ތާއީދުލިބިވަޑައިގެންނެވެ.
ރަނިލް ވަނީ ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމު މީގެކުރިން 5 ފަހަރެއްގެ މަތިން އަދާކޮށްފައެވެ. އެއީ 1993 އިން 1994އަށް، 2001 އިން 2004އަށް، 2015 ވަނަ އަހަރު ސަތޭކައެއްހާ ދުވަހު މަޤާމު އަދާކުރެއްވުމަށްފަހު، 2015 އިން 2018އަށް، އަދި 2018 އިން 2019އަށެވެ.
ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި އެންމެ ފަހުން ހުންނެވި މަހިންދަ ރާޖަޕަކްސަ މަޤާމުން އިސްތިއުފާދެއްވީ މިދިޔަ ހޯމަދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު