އިޒްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިއަކު މަރުވެއްޖެއެވެ.

މިހަމަލާ ދީފައިވަނީ އިޒްރާއީލުގެ ބެލުމުގެ ދަށުގައިވާ ފަލަސްތީނުގެ ވެސްޓްބޭންކް ސަރަހައްދުގައެވެ. މިހާދިސާ އާއި ގުޅިގެން ފަލަސްތީނުގެ ހެލްތު މިނިސްޓްރީންް ވަނީ، އަލްޖަޒީރާގެ ނޫސްވެރިއެއްކަމަށްވާ ޝީރީން އަބޫ އަކްލޭ، އިޒްރާއީލުން ދިން ހަމަލާގައި މަރުވެފައިވާކަން ޔަގީންކޮށްދީފައެވެ.

ޝީރީން މަރާލައިފައިވަނީ އޭނާގެ މޫނަށް ބަޑިޖަހައިގެން ކަމަށްވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީންް ބުނެއެވެ. އަދި މިހާދިސާގައި އިތުރު ނޫސްވެރިއަކަށްވެސް ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށްވެއެވެ.

ޝީރީން އަކީ އަރަބި ބަހުން ފަލަސްތީނުގެ ހަބަރުތައް ގެނެސް ދިނުމުގައި މަޝްހޫރުކަން ލިބިފައިވާ ނޫސްވެރިއެކެވެ. އަދި އޭނާއަށް ހަމަލާދިން އިރު އޭނާ އަކީ އިޒްރާއީލުގެ ބެލުމުގެ ދަށުގައިވާ ފަލަސްތީނުގެ ވެސްޓްބޭންކުގެ ހަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ސީނިއަރ ރިޕޯޓަރެކެވެ.

މިއީ ނޫސްވެރިންނަށް އަމާޒުކޮށް އިޒްރާއީލު ސިފައިން ދިން ފުރަތަމަ ހަމަލާއެއް ނޫނެވެ. ހުސްވި އަހަރުވެސް އިޒްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ ގާޒާގައި ހުންނަ ބައިނަލް އަގުވާމީ ގިނަ މީޑިއާތަކެއް ހިމެނޭ އިމާރާތަކަށް ބޮން އަޅައި ގޮއްވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން