ޕްލާސްޓިކު ކުނޑި ކުނޑިވެ މައިކްރޯޕްލާސްޓިކަށް ބަދަލުވެފައި
ޕްލާސްޓިކު ކުނޑި ކުނޑިވެ މައިކްރޯޕްލާސްޓިކަށް ބަދަލުވެފައި
ފުރަތަމަ ފަހަރަށް އިންސާނުންގެ ލެއިން މައިކްރޯޕްލާސްޓިކުގެ އަސަރުފެނިއްޖެއެވެ.

ސައިންސްވެރިން ހާމަކޮށްފައިވާގޮތުގައި އިންސާނުންގެ ލޭގެ ޓެސްޓުކޮށް ކުރި މިދިރާސާގައި 77 އިންސައްތަ މައިކްރޯޕްލާސްޓިކްގެ އަސަރު ވަނީ ފެނިފައެވެ.

ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ބޮޑުވެ ޕްލާސްޓިކު ބޭނުން ކުރުން ހުއްޓާލުމަށް ތިމާވެއްޓާ ބެހޭ އެކި ޖަމިއްޔާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ހާއްސަގޮތެއްގައި އުކާލެވޭ ޕްލާސްޓިކު ކުނި ނެތި ދިއުމަށް ގިނަ ދުވަސްތަކެއް ނެގުމާއި، މީގެ ސަބަބުން ޕްލާސްޓިކު ކުނޑި ކުނޑިވެ މައިކްރޯޕްލާސްޓިކަށް ބަދަލުވެ އިންސާނުންނަށާއި ތިމާވެއްޓަށް ލިބޭ ގެއްލުން ދަނީ އިތުރުވަމުންނެވެ.

ސައިންސްވެރިން ކުރި ދިރާސާއިން އިންސާނުންގެ ލެއިން މައިކްރޯޕްލާސްޓިކް ފެނިފައިވާއިރު، މިމައިކްރޯޕްލާސްޓިކްގެ އަސަރު ހަށިގަނޑުގެ އެކި ގުނަވަންތަކަށް ކުރުން އެކަށީގެންވާކަމަށް ސައިންސްވެރިން ހާމަކުރެއެވެ. މީގެސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވެ ގިނަސެލްތަކެއް މަރުވުން އެކަށީގެންވާކަމަށް ސައިންސްވެރިން ބުނެއެވެ. އެގޮތުން ހަށިގަނޑު ބޮޑެތި ބަލިތަކަށް ހުށައެޅި ފުރާނައަށް ގެއްލުންވާނެކަމަށް ސައިންސްވެރިން ހާމަކުރެއެވެ.

22 ޑޯނަރުންގެ ލޭބޭނުންކޮށްގެން ސައިންސްވެރިން ކުރި ދިރާސާއިން، ޕްލާސްޓިކް ފުޅިތައްޔާރުކޮށްފައި ހުންނަ ޕްލާސްޓިކާއި، ޕޮލީސްޓެރިން އަދި ޕޮލިއިތެލީން ފަދަ ޕްލާސްޓިކުގެ ބާވަތްތައް ވަނީ ފެނިފައެވެ.

މީގެ ކުރީގެ ދިރާސާތަކުން ދައްކާގޮތުގައި، ކާބޯތަކެއްޗާއި، ބޯފެނާއި، ވައިގެ ޒަރިއްޔާއިން އިންސާނުންގެ ހަށިގަނޑަށް މައިކްރޯޕްލާސްޓިކު އެތެރެވެއެވެ. އެގޮތުން އިންސާނުންގެ ބޮޑުކަމުދާ ތަކެތިން މީގެކުރިން ވަނީ މައިކްރޯޕްލާސްޓިކުގެ އަސަރުފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން