ރޭޑިއަންޓް ސްޕޯޓްސް ކްލަބް ގެ ދިދަ
ރޭޑިއަންޓް ސްޕޯޓްސް ކްލަބް ގެ ދިދަ
ނިއުރޭޑިއަންޓަކީ ރާއްޖޭގެ ފުޓުބޯޅައިގެ އެއް ތަނބެވެ. އެޓީމަކީ ރާއްޖޭގައި އެންމެ ގިނަ ސަޕޯޓަރުން ތިބި ޓީމެވެ. ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ މުސާރަތަކެއްގެ ބަހަނާ ދައްކައިގެން ފުޓްބޯޅައިގެ ހަރަކާތްތަކުން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ނިންމުން ވެގެންދިޔައީ ނިއުރޭޑިއަންޓަށް މަރުދޭ ވަރުގަދަ ސަޕޯޓަރުންނަށް މާޔޫސްކޮށްލި ކަމަކަށެވެ. ރާއްޖޭގެ ފުޓުބޯޅައިގެ މަަައިދާނަށް ލިބުނު ވަރަށް ބޮޑު ފަޅުކަމަކަށެވެ. އެ ނިންމުމާއެކު ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ނިއުރޭޑިއަންޓް ދޫކޮށްލީ ކަމަށް ބަޔަކަށް ހީކުރެވުނަސް އެއީ ކުށްހީއެކެެވެ. ސަބަބަކީ ނިއުއަށް މަރުދޭ ސަޕޯޓަރުންގެ ހިތްތަކުގައި އެ ކްލަބާމެދު އޮންނަ ހިތާ ހިތުމުގެ ގުޅުން ކަނޑާލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެތީއެވެ. ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ނަމުގައި އަލުން ކްލަބެއް ވުޖޫދަށް ގެންނަން ކުރާ މަސައްކަތަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ.

ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން "ރޭޑިއަންޓް ސްޕޯޓްސް ކްލަބް" ކުޅިވަރު ޖަމިއްޔާއެއްގެ ގޮތުގައި މިމަހުގެ އެއްވަނަ ދުވަހު ރަޖިސްޓްރީކޮށް އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. މިއީ ނިއުރޭޑިއަންޓް އަލުން އެނބުރި އައުމަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެކެެވެ. ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ވުޖޫދަށް ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން މި ކްލަބްގެ ފުރަތަމަ ހިންގާ ކޮމެޓީ މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ރައީސް އާއި ނައިބް ރައީސް އާއި ސެކެޓްރީ އާއި ޚަޒާންދާރުގެ އިތުރުން 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑަށް މެމްބަރުން އިންތިޚާބު ކުރާގޮތަށް ހަމަޖެހިފައިވާއިރު އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ވުޖޫދުން ގެއްލުވާލި ނަމަވެސް އަސްލު ނިއުރޭޑިއަންޓް އެނބުރި އައިސް، ފިޔަގަނޑު ދަމާލަން ތައްޔާރުވަމުންދާއިރު ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓްގެ ކުޑަ ރަމްޒެކެެވެ. ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު ނިއުރޭޑިއަންޓްގައި ކުރިން އޮތް ވަރުގަދަ ސަޕޯޓް ކްރައުޑް ނިކުންނާނެ ކަމާއި މެދު އެކްލަބުން ޝައްކެއް ނުކުރެއެެެވެ. ކުރިން ރާއްޖޭގައި އެންމެ ގިނަ ސަޕޯޓަރުން ތިބި އެއްޓީމުގެ ގޮތުގައި ނިއުރޭޑިއަންޓަށް ލިބިފައިވާ ޝަރަފު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދަމަހައްޓާނެ ކަމަށް އެ ކުލަބުން ޔަގީންކުރެއެެވެ. ރޭޑިއަންޓް ސްޕޯޓްސްގެ މުޅި ޓީމު އޮތީ އެ ވަރުގަދަ ރޫޙާ ޖޯޝާއެކު ރާއްޖޭގެ ކުޅިވަރު މައިދާނަށް ކުރީގެ ނިއުރޭޑިއަންޓް ފަދައިންް އިންގިލާބު ގެންނަން ކަމަރުބަނދެ އަތުކުރި އޮޅާލައިގެންނެވެެ. ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބްގެ ނަން އަލުން ވިދުވާލަން ސަޕޯޓަރުން ތިބީ ރޫޙާއި ފޯރިއާއި ޖޯޝްގައި ގުރުބާންވާން ތައްޔާރަށެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ އެއްޓީމު ކަމަށްވާ ނިއުރޭޑިއަންޓަށް ދިމާވި ހާލަތުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލި ތާނގައި އެ ޓީމު ނިޒާމުން ގެއްލުވާލައި ސަސްޕެންޑް ކުރުމަކީ ސަޕޯޓަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ކުޅިވަރުގެ ސިޔާސަތާއި ފުށޫއަރާ ކަމެކެެވެ. ރިޔާސީ ކެމްޕޭންގެ ތެރޭގައި ބެނާތައް ލިޔެ މޮޅު ނަންނަމުގައި ކުޅިވަރުގެ ދަނޑުތައް ފުރާލާނެ ކަމަށް ސަރުކާރުން ވައުދުވެފައިވާއިރު ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ދެ ބާރު ނިއުރޭޑިއަންޓާއި ވިކްޓްރީ އާއި ނުލައި މި ވައުދު ހާސިލްވުމަކީ ވަރަށް ނާދިރު ކަމެކެެވެ. ދަނޑުތަކުން ފެންނަ މަންޒަރުން ބުނެދެނީ އެ ވާހަކައެެވެ. މާލޭގެ ދަނޑުތަކަށް މެޗު ބަލަން މީހުން ވަނުން އިންތިހާއަށް މަދުވެފައިވާއިރު ނިއުރޭޑިއަންޓާއި ވިކްޓްރީއަށް ދިމާވި ހާލަތުން ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު ބޮޑުތަނުން ވަނީ ދަށްވެފައެވެ. އެހެންނަމަވެސް ކުޅިވަރަށް ލޯބި އިތުރުކުރުމަށް ދަނޑަށް ވަންނަ މީހުން އިތުރުކުރުމަށް ނިއުރޭޑިއަންޓާއި ވިކްޓްރީ ފަދަ ކްލަބުތައް ސަލާމަތްކޮށް އަލުން ކުރިންއޮތް ކުޅިވަރުގެ ރޫޙު އާލާކޮށް އެ ޖޯޝާ ފޯރި ގެނައުމަށް ސަރުކާރުން އަމަލީ ގޮތުން މަސައްކަތް ކުރާތަނެއް ނުފެނެެއެެވެ.



މިކަމާ ގުޅިގެން "ރަސް އޮންލައިނަށް" މައުލޫމާތު ދެއްވަމުން ރޭޑިއަންޓް ސްޕޯޓްސް ވުޖޫދަށް ގެނައުމުގައި އިސްކޮށް އުޅުއްވާ އިސް ހަރަކާތްތެރިއަކު ވިދާޅުވީ، ބާސެލޯނާ އާއި ރެއާލް މެޑްރިޑް ނެތި ލަލީގާ ބަލާނެ ބަޔަކު ނުވާނެ ފަދައިން ނިއުރޭޑިއަންޓާއި ވިކްޓްރީ އާއި ވެލެންސިއާ ފަދަ ޓީމުތަކާއި ނުލައި ރާއްޖޭގެ ފުޓުބޯޅަ ބަލާނެ ބަޔަކު ނުވާނެ ކަމަށެވެ. އެޓީމުތަކާއި ނުލައި ދިވެހިފުޓުބޯޅަ ބަލަން ދަނޑަށް ވަންނާނެ ބަޔަކު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ބާސެލޯނާއި ރެއާލް މެޑްރިޑާއި ނުލައި ލަލީގާ ބަލާނެ ބަޔަކު ވާނެ،؟ މިހާރު އެގޮތަކަށް ނޫންތަ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު މިއޮތީ؟ ކާކު މިއަދު ފުޓުބޯޅަ ބަލަނީ؟ ކިތައް މީހުންނަށް އެނގެނީ މި ގައުމުގައި ފުޓުބޯޅަ މެޗެއް ކުޅޭކަން ނިއު ރޭޑިއަންޓާއި ވިކްޓްރީ ނެތި؟" ރާއްޖޭގެ ފުޓުބޯޅަ މިހާރު އޮތް ހާލަތު ސިފަކޮށްދެމުން ރޭޑިއަންޓް ސްޕޯޓްސްގެ އިސް ހަރަކާތްތެރިޔާ ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވާދަވެރިޔާ "ކަފުން"ކޮށް ކުރިއެރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. ނިއު ސަސްޕެންޑް ކުރީ ވާދަވެރި ޓީމުތައް ބާރު އަޅައިގެން ކަމަށާއި، އެހެންނަމަވެސް އެއްވެސް ޓީމެއް ނެތި ދިޔުމަށް ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ނޭދޭނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

"ރޭޑިއަންޓް ސްޕޯޓްސް ދާނީ ހަމަ ނިއު ދިޔަ މަގުން، ނިއުގެ ކާމިޔާބު ތަކުރާރު ކުރަން މި ނިކުންނަނީ، މިއީ އެއްވެސް ހާލެެއްގައި ނިއު ދޫކޮށްލުމެއް ނޫން ނިއު އެނބުރި އަންނާނެ ނިއުރޭޑިއަންޓް އެނބުރި އަންނާނެ އެކަން ކުރާނަން، އެޓީމު ގެންނާނަން، މިވަގުތަށް ނިއު ރަމްޒުކޮށް މި ނެރެނީ ސަޕޯޓަރުން މޯޓިވޭޓްކޮށް އެ މާހައުލު ގާއިމުކޮށް ނިއު ސަލާމަތްކުރަން" ވަރަށް އުއްމީދާއި ޔަގީން ކަމާއެކު އޮފިޝަލް ވިދާޅުވިއެވެެ.

ތިންވަނަ ޑިވިޜަނުން ފެށި ނަމަވެސް ރޭޑިއަންޓް ސްޕޯޓްސްގެ އުއްމީދަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެވަނަ ޑިވިޜަންގައި ކުޅެވޭ ފެންވަރުގެ ޓީމެއް އެކުލަވާލުމެވެ. އަދި ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ފުރަތަމަ ޑިވިޜަންގައި ކުޅެވޭ ވަރުގެ ވަރުގަދަ ޓީމަކަށް ހެދުމަކީ ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެންމެ ބޮޑު އެއްއަމާޒެވެ. ގޮންޖެހުންތަކާއި އެކުވެސް އެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެކުލަބަށް އެބައޮތެވެ. ތިންވަނަ ޑިވިޜަންގައި ކުޅުމަށްޓަކައި ފުރަތަމަ ޑިވިޜަން ފެންވަރުގެ ހަތަރު ކުޅުންތެރިން ރާއްޖޭން ބޭރުން ގެނައުމަށް އެކުލަބުން ވަނީ ނިންމާފައެެވެ. ރޭޑިއަންޓް ކްލަބަކީ އެންމެ ފުރަތަމަ ނިއުރޭޑިއަންޓަށްކީ ނަމެވެ. އެ ނަން ރީބްރޭންޑްކޮށް ފަހުން ނިއުރޭޑިއަންޓަށް ބަދަލުކުރީއެވެ.

ނިއުރޭޑިއަންޓްގެ ކާމިޔާބީތައް

ނިއުރޭޑިއަންޓުގެ ކާމިޔާބު ފުޓުބޯޅަ ތާރީޚުގައި އެޓީމުންވަނީ ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށް އެޓީމަކީ "ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު"ކަން ސާބިތުކޮށްދީފައެވެ. ނިއުރޭޑިއަންޓްގެ ކާމިޔާބީތަކަށް ބަލާއިރު އެ ޓީމު ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް 2 ފަހަރު އެފްއޭކަޕް މިލްކު ކޮށްފައެވެ. އޭގެ އިތުރުން ގައުމީ ތަށި 13 ފަހަރު ހޯދާފައިވާއިރު އެތަށިވެސް ނިއުރޭޑިއަންޓުން ވަނީ މިލްކުކޮށްފައެވެ. ދިވެހިލީގުވެސް ޖެހިޖެހިގެން 3 ފަހަރު ނިއުރޭޑިއަންޓުން ކާމިޔާބު ކޮށްފައިވާއިރު އެޓީމުގެ ހަރުގަނޑުގައި އަންހެނުންނަށް ޚާއްސަކޮށް އެފްއޭއެމުން ބޭއްވި ފުޓުބޯޅަ މުބާރާތުގެ 2 ތަށިވެސް އެބަ ހުއްޓެވެ. ހަމައެއާއެކު ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން އޭއެފްސީ ކަޕްގައި އެންމެ ދުރަށް ދަތުރުކުރި ޓީމަކީވެސް ނިއުރޭޑިއަންޓެެވެ. އެގޮތުން ނިއުވަނީ އޭއެފްސީ ކަޕްގައި ސެމީއަށް ދަތުރުކޮށް އެމުބާރާތުގެ ތިންވަނަ ހާސިލްކޮށްފައެވެެ.

ނިއު އަކީ ފުޓުބޯޅައިގެ ވަރުގަދަ ތާރިޚެއް އޮތް ދިވެހިންގެ ހިތްތަކުން ފިލައިގެން ދާނެ ނަމެއް ނޫނެވެެ. މިހާރު ދިވެހި ފުޓުބޯޅައިގެ ދިރުން ނެތީ ނިއު ރޭޑިއަންޓް ވުޖޫދުގައި ނެތުމުން ކަމަށް ފުޓުބޯޅައިގެ މުޅި އާއިލާ ގަބޫލުކުރެއެވެ. ގައުމީ ތަށި 2 ފަހަރު މިލްކް ކޮށް އެއްއަހަރުގެ މުޅި ސީޒަން ކާމިޔާބުކޮށްފައިވާ ނިއުގެ ސަޕޯޓަރުންނަކީ އެ ޓީމުގެ ވިންދެވެ. ރޭޑިއަންޓްގެ ނަމުގައި ނިއުރޭޑިއަންޓް ރަމްޒުކޮށްދޭން އެ ޓީމު ނިކުންނަނީ ނިއުގެ ހައްގުގައި ނިއުގެ ނުލާ ހުދު ތަމްސީލްކޮށް ނިއު ރޭޑިއަންޓް ސަލާމަތް ކުރުމުގެ ވަރުގަދަ އަޒުމުގައެވެ. ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނިއުގެ ސަޕޯޓަރުން އެކަން ކުރާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ތާރިޚު ބުނެދެނީ އެވާހަކައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ނިއުދަކިންގްސް

18-Mar-2022

ބަލަ ރަސް އޮންލައިނުނަ އިބޫ ސަރުކާރު ބޮލުގަ މިކަން އަޅުވަން އުޅޭ އިރު ނޭނގޭ ދޯ އެފްއޭއެމްގެބކަންތަކުގެ ތެރެއަށް ސަރުކާރަށް ނުވަދެވޭކަން?? ވަންނަން އުޅުނު މަހުލޫފިވެސް ސައިޒްވީ.. ބަންސާމުއެއީ ޝަވީދާ ފީފާގެ ހިމާޔަތުގަ ހުންނަ މީހެއް.. ނިއު ވެސް ވިކްޓަރީވެސް ވުޖޫދުން ގެއްލުވާލީ އޭނާ.. ސަބަބަކީ އޭނާގެ ކުލަބު ވެލެންސިޔާއަށް ވުރެއް އެ ދެ ޖުލަބުގެ ކާމިޔާބީ ގިނަވެފަ ސަޕޯޓަރުންވެސް ގިނަވުން.. އެ ހިސާބުން ފުޓުބޯޅަ އެއްކޮށް މަރުވެއްޖެ.. ހަޤީޤަތް އޮޅުވާލަން ކަނާ ނުބެހޭ މީހުންގެ ބޮލަށް ފޫޅު ނުކެނޑުން އެދެން.


-5

ޖަގަލޯ

18-Mar-2022

ތިޔާހަމަތެދެއްހަމަގައިމުވެސްއަޅުގަނޑުފުޓުބޯޅަބަލަންދާހިތްވެސްމިހާރުނުވޭނުވެސްބަލައަދިކުޅޭކަމެއްވެސްނޭންގޭނިއުމުބާރާތުންދިޔަފަހުންއެކަމު ގެމަތިންފޫހިވީރޭޑިއަންޓުގެވާހަކައަޑުއިވުނީމަވަރައްއުފާވެއްޖެތިޓީމައްއަބަދުވެސްސަޕޯޓުކުރާނަންއަދިއަވަސްފުރުސަތެއްގައިއެއްވަނަޑިވިޖަނުން ފުރުސަތުލިބިކާމިޔާބުޓީމަކައްވާނެއުމްމީދަކީފަސްބެލުމެއްނެތިބާރައްކުރިއަށްދިއުންއަބަދުވެސްތިޓީމްގެސަޕޯޓަރެއްގެގޮތުގައިދެމިހުންނާނަން ދުވާއަކީތިޔަކުލަބައްކުރިއެރުމާއިފާގަތިކަންﷲ ސުބުހާނަހޫވަތާލާމިންވަރުކޮއްދީކާމިޔާބުކުލަބަކައްވުން


-2

ސަޕޯޓަރެއް

18-Mar-2022

އިރާދަކުރެއްވިއްޔާ ކާމިޔާބުލިބޭނެ އިންޝާﷲ



ޓްރެންޑިން