ސުޕްރީމް ކޯޓުގައި ތިއްބަވާ ދެ ފަނޑިޔާރުން
ސުޕްރީމް ކޯޓުގައި ތިއްބަވާ ދެ ފަނޑިޔާރުން
ޖުޑީޝަރީގައި މަސައްކަތްކުރާ އަންހެން ފަނޑިޔާރުންނަށް ވިއެހުމާ ގުޅިގެން 6 މަސްދުވަހުގެ ޗުއްޓީއެއް ދޭ ގޮތަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާޙު މަޖިލީހަށް ހުށައެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ވޯޓުންނެވެ.

އެ އިސްލާޙުގައި ބުނެފައިވަނީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމަކީ ކޮންމެ ފަނޑިޔާރެއްގެ ޙައްޤެއް ކަމަށެވެ. އެގޮތުން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަސް އަދި ފިރިހެން ފަނޑިޔާރުންނަށް 1 މަސް ދުވަހުގެ ޗުއްޓީ ދިނުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ ކުރިން ސަރުކާރުންވަނީ ސިވިލްސާވިސް މުވައްޒަފުންނަށް ވިހެއުމުގެ ޗުއްޓީގެ ގޮތުގައި 6 މަސް ދުވަސް ދިނުމަށް ޤާނޫނު އިސްލާހުކޮށްފައެވެ. އަދި އެގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ބަދަލު ގެންނަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން