ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
އަންހެނަކަށް ޖިންސީގޯނާކުރަން އުޅުނު ޓެކްސީ ޑްރައިވަރެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭން ޓެކްސީއަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނަކު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް ނުރުހުމުގައި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ 12:50 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެމައްސަލައާ ގުޅިގެން 41 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން