މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ
އައްޑޫ ރައްޔިތުންގެ އިޙްސާސްތައް އެނގިވަޑައިގަންނަވާ ކަމަށާއި އައްޑޫގެ ތަރައްޤީއަށް ހުރަސް ނާޅުއްވާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ބިންހިއްކުމުގެ މަޝްރޫޢަށް އެންވަޔަރަންމަންޓް މިނިސްޓްރީން ގެންގުޅުއްވާ ތަސައްވުރާމެދު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ އެކަމަނާ އަކީވެސް އައްޑޫ ރައްޔިތެއް ކަމަށާއި އައްޑޫ ރައްޔިތުންގެ އިޙްސާސްތައް ވިސްނިވަޑައިގަންނަވާ ކަމަށެވެ.

އައްޑޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލެއް ލިބެން ޖެހޭކަން ފާހަގަ ކުރަށްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ އައްޑޫގައި ޢާއިލާތަކުގެ ތިން ޖީލެއް އެއްފުރާޅެއްގެ ދަށުގައި ދިރިއުޅެމުން ދިއުމަކީ ޙަޤީޤަތް ކަމަށެވެ.

އައްޑޫގެ ބިން ހިއްކުމުގައި ތިމާވެއްޓަށް ވިސްނަން ޖެހޭކަން ފާހަގަކުރަށްވާ މިނިސްޓަރ ވިދާޅުވީ އައްޑޫގައި އޮތީ ނާޒުކު ތިމާވެއްޓެއް ކަމަށެވެ. އަދި އައްޑޫ ތަރައްޤީވެގެންދާނީ އެ ތިމާވެއްޓަށް ގެއްލުން އެންމެ ކުޑަވާނެ ގޮތަށްކަމަށާއި މިސަރުކާރުން އައްޑޫގެ ތަރައްޤީއަށް ހުރަސް ނާޅުއްވާނެ ކަމަށެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑު އައްޑޫގެ ތަރައްޤީއަށް ހުރަހެއް ނާޅާނަން. އަދި އަޅުގަނޑުމެންގެ ސަރުކާރުންވެސް އައްޑޫގެ ތަރައްޤީއަށް ހުރަހެއް ނާޅާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫ ބިންހިއްކުމުގެ މަޝްރޫޢު ފެށުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކުން މިއަދުވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އައްޑޫ ރައްޔިތުން އެދޭ ތަރައްޤީ ހޯދައިދިނުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތައް ޖެހިވަޑައި ނުގަންނަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން