ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުން
ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުން
ދެ ސަފީރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މިދިޔަމަހުގެ 28 ވަނަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިކަމާ ގުޅިގެން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ ތަޅުމަށް ވަނީ އިއްވަވާފައެވެ.

ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް ބެލްޖިއަމާއި އީޔޫއަށް ކަނޑައަޅާފައި ހުންނަ ދިވެހި ސަފީރަކަށް ހަމަޖެއްސެވުމަށެވެ. އޭގެ އިތުރުން ބެލްޖިއަމާއި އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސާބިރު ޖަޕާނަށް ކަނޑައެޅުއްވުމަށްވެސް ރައީސް ވަނީ ހުށައަޅުއްވާފައެވެ.

މި މައްސަލަ ދިރާސާކުރީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. އެ ގޮތުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ރައީސް ޞާލިޙް ހުށައެޅުއްވިގޮތަށް އެބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކުރަށްވާފައެވެ.

ސަފީރުންނަށް ބަދަލު ގެންނެވުމަށް ރައީސް ނިންމަވާފައިވާއިރު މިހާރު ޖަޕާނުގައި ހުންނަވާ ސަފީރު އިބްރާހިމް އުވެއިސް އެހެން މަގާމަކަށް ހަމަޖެއްސެވުމަށް ރައީސް އެދިވަޑައިގެންފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން