އަމިއްލައަށް ގޮއްވާލައިގެން ޕާކިސްތާނުގެ މިސްކިތަކަށް ދިން ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު ފަންސާހުން މައްޗަށް އަރައިފިއެވެ.

ޕާކިސްތާނުގެ މިސްކިތަކަށް އަމާޒުކޮށް ދިން މިހަމަލާ ދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުވަގުތުއެވެ. މިހާދިސާ ތަހުގީގު ކުރަމުންދާ ފުލުހުން ބުނީ ޖާނު ގޮއްވާލައިގެން ދިން މިހަމަލާ ދިނުމުގެ ކުރިން ފުރަތަމަ މިސްކިތުގެ ބޭރުގައި ތިބި މީހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއްވެސް ދީފައިވާކަމަށެވެ. އަދި މިހަމަލާތަކުގައި ފުލުހުން ތަކަކަށްވެސް އަނިޔާވެފައިވާކަމަށް ބުނެފައި ވެއެވެ.

މިހަމަލާއާއެކު 190 އަށްވުރެއް ގިނަ މީހުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، މިހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ ފަންސާހުން މައްޗަށް އަރާފައެވެ.

ޕާކިސްތާނުގެ ޕެޝާވަރް ސިޓީގައި ހުންނަ ޝިއާ މުސްލިމުންގެ މިސްކިތަކަށް އަމާޒުކޮށް މިހަމަލާ ދީފައިވަނީ އަފްގާނިސްތާނުގެ ރައްޔިތެއްކަމަށް ޕާކިސްތާނުގެ ފުލުހުން ހާމަކޮށްފައިވެއެވެ.

ޕާކިސްތާނުގެ ސުންނީ މުސްލިމުންނާއި ޝިއާ މުސްލިމުންގެ މެދުގައި މިފަދަ ހަމަލާތައް ބަދަލު ކުރުމަކީ އާންމުކަމެކެވެ.

އަދި ތާލިބާނު ޖަމާއަތުގައި ހިމެނޭ ޕާކިސްތާނުގެ ރައްޔިތުންގެ ފަރާތުން ޕާކިސްތާނުގައި ދިރިއުޅޭ މުސްލިމު ޖަމާއަތްތަކަށް ހަމަލާދިނުމަކީވެސް އާންމުކަމެކެވެ. އެގޮތުން ތާލިބާނު ޖަމާއަތުގައި ހިމެނޭ ޕާކިސްތާނުގެ ރައްޔިތުން ޕާކިސްތާނު ސަރުކާރާ ހަވާލުކުރުމަށް ތާލިބާނުންގެ އިސްވެރިންނަށްވެސް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން