މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު
ހޯމް މިނިސްޓްރީން ދުވަސްތައް ފާހަގަކުރާއިރު އުފެދިގެން އަންނަ ޖީލަށް, ދުވަސްތަކާ ގުޅޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ފޮރުކޮށްދޭން އިސްކަންދެއްވާކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ރޭ ފުވައްމުލަކު ސިޓީގައި ހުޅުވި ކުރެހުމުގެ މައުރަޒުގެ ތެރެއިން ވާހަކަދައްކަވަމުންނެވެ.

ސްޓޭޓް ނަޛީރު ވިދާޅުވީ ޒުވާނުން ޝައުޤުވެރިވާ އެކިއެކި ގޮތްގޮތަށް މިދުވަސްތަކާ ގުޅޭ މައުލޫމާތާއި, ދުވަސްތަކުގެ ފަސްމަންޒަރުގައި ހިނގާފައިވާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިފހަރު ފުވައްމުލަކު ސިޓީގައި މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރެވިގެންދާއިރުގަ މިބޭއްވި އާޓް އެގްޒިބިޝަނުން ފުވައްމުލަކު ސިޓީގެ ޒުވާން ފަންނުވެރިންގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެންދާކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މިއެގްޒިބިޝަންއާއެކީގައި ޒުވާނުންގެ ހިތްތަކުގައި ޤައުމީ އެކިއެކި ކަންކަމަށް ޤައުމީ އެކިއެކި ހަފްލާތަކަށް, ފާހަގަކުރެވޭ ޤައުމީ އެކިއެކި ދުވަސްތަކާ ގުޅިގެން ހިނގާފައިވާ ހާދިސާތަކަށް ސަމާލުކަން އިތުރުވެ, ޝައުޤުވެރިކަން އުފެދިގެންދާނެކަމަށް." ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ މިފަދަ ހުނަރުތަކަކީ ރާއްޖޭގައި ކުރިއަރުވާ ދިރުވާ އާލާކުރަންޖެހޭ ކަންކަންކަމަށެވެ. އަދި މިކަންކަމަކީ ދިވެހިރާއްޖޭގައި އިޤްތިޞާދީގޮތުން ނަފާހޯދޭ ކަމަކަށްވެ, ޒުވާނުންނަށް މިފަދަ ކަންކަމުގެ ސަބަބުން އާމްދަނީ ލިބޭނެ ގޮތްތައް ފަހިވެގެންދާ މިންވަރަށް ޒުވާނުންގެ ހުނަރު އިތުރުވެ, ޒުވާނުން ކުރާ މަސައްކަތް ބަލައިގަންނަން ޖެހޭކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ކުރެހުމުގެ މުބާރާތުގެ އިތުރުން ޝަހީދުންގެ ދުވަހާ ގުޅޭ ސުވާލު މުބާރާތެއްވެސް ފުވައްމުލަކު ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ވަނީ ބާއްވާފައެވެ. އަދި ރަސްމީ ޖަލްސާ މިރޭ ފުވައްމުލަކު ސިޓީގައި އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން