ރަޝިޔާގެ ނޫސްވެރިންނާއި ހަބަރުފަތުރާ މީޑިއާތަކަށް ހުރަސް އަޅަންފަށައިފިއެވެ.

އެގޮތުން ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގެ މައުލޫމާތު އާންމުކުރާ ނޫސްވެރިންނާއި ހަބަރުފަތުރާ މީޑިއާތަކަށް އަމާޒުކޮށް ރަޝިޔާގެ ސަރުކާރުން ދަނީ އެކި ހުރަސްތައް އަޅަމުންނެވެ. މިހުރަސްތަކާއެކު، ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް ހާއްސަކޮށް ރަޝިޔާގެ ބައެއް ސަރަހައްދުގައި ފޭސްބުކް އަދި ޓްވިޓަރފަދަ މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކުރުމަށް ވަނީ ހުރަސްއަޅާފައެވެ.

މިކަމާ ބެހޭގޮތުން ޓްވީޓެއް ކުރި ރަޝިޔާގައި ހަރަކާތްތެރިވާ ބީބީސީގެ ނޫސްވެރިއަކު ބުނީ ރަޝިޔާގެ ބައެއް ސަރަހައްދުތަކުގައި ޓްވިޓަރ ބޭނުންވެސް ނުކުރެވޭކަމަށާއި، އަދި މީސްމީޑިއާ އެޕްތައް ބޭނުންކުރުމަށް އިންޓަރނެޓްވެސް ރަނގަޅަށް ނުލިބޭ ކަމަށެވެ.

ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ފެށުމާއެކުވެސް ރަޝިޔާގެ ރައީސްވަނީ ހަމަލާތަކުގެ މައުލޫމާތު ހާމަކުރާއިރު ރަޝިޔާއިން ޔުކްރެއިނު ހިފަން އުޅެނީކަމަށް ބުނެ ހަބަރު ނުފެތުރުމަށްވެސް ރަޝިޔާގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިހަމަލާތަކާ ދެކޮޅަށް ކުރާ މުޒާހަރާތަކުން ނުބައި މާނައެއް ނެގޭގޮތަށް ހަބަރު ނުފެތުރުމަށްވެސް ރަޝިޔާގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ރަޝިޔާ ސަރުކާރުން ކަނޑައަޅާފައިވާ މިފަދަ އެންގުންތަކާއި ހިލާފުވި 31 ނޫސްވެރިއަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އަދި މީގެ ތެރެއިން ފަސް ނޫސްވެރިއަކަށް ޖަލުހުކުމެއް އިއްވާފައިވާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން