ޔުކްރެއިނުގައި ތިބި އިންޑިއާގެ ދަރިވަރުންތަކެއް.
ޔުކްރެއިނުގައި ތިބި އިންޑިއާގެ ދަރިވަރުންތަކެއް.
ޔުކްރެއިނުގެ ސިފައިން އިންޑީއާގެ ދަރިވަރުންތަކެއް ރަހީނުކޮށްފައިވާކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.

ރަޝިޔާގެ ރައީސް ވިލާޑްމިރް ޕޫޓިން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފޯނުން ގުޅުއްވައި މިމައުލޫމާތު ރަސްމީކޮށް ހިއްސާކުރައްވާފައެވެ. އެގޮތުން ރަހީނުކޮށްފައިވާ ދަރިވަރުން ހިއުމަން ޝީލްޑެއްގެ ގޮތުގައި ޔުކްރެއިނުގެ ސިފައިން ބޭނުން ކުރަމުންދާކަމަށް ރަޝިޔާއިން ތުހުމަތުކޮށްފައިވެއެވެ.

އަދި ޔުކްރެއިނުގައި ތިބި އިންޑިއާގެ ދަރިވަރުން ރަޝިޔާއަށް ދިއުމަށް ހުރަސް އަަޅަމުންދާކަމަށްވެސް ރަޝިޔާއިން ތުހުމަތުކޮށްފައިވެއެވެ.

މީގެއިތުރުން ރަޝިޔާއާއި ޔުކްރެއިނާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުން އިންޑިއާގެ ދަރިވަރުން ސަލާމަތްކޮށް ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރަޝިޔާގެ ސިފައިން މަސައްކަތް ކުރަމުންދާކަމަށް ރަޝިޔާއިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އިންސާނީ އެހީ ފޯރުކޮށްދެމުންދާ މަގުތަކުގެ އެހީގައި ޔުކްރެއިނުގެ ޚާކީވްގައި ތާށިވެފައި ތިބި އިންޑިއާގެ ދަރިވަރުން އިންޑިއާއަށް އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަަސް ރަޝިޔާއިން ހާމަކޮށްފައިވެއެވެ.



ޔުކްރެއިނުގައި ތިބި އިންޑިއާގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރާނެކަމަށް ރަޝިޔާގެ ރައީސް ވިލާޑްމިރް ޕޫޓިން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.

ރަޝިޔާއިން ދެމުންދާ ހަމަލާތަކާއެކު ޔުކްރެއިނުގައި ތިބި އިންޑިއާގެ ދަރިވަރުން އަނބުރާ އިންޑިއާއަށް ގެނައުމަށް އޮޕަރޭޝަން ގަންގާގެ ނަމުގައި ހާއްސަ ހަރަކާތެއް އިންޑިއާއިން ވަނީ ތައާރަފްކޮށްފައެވެ. މިއޮޕަރޭޝަނުގެ ދަށުން މިދިޔަ ބުދަ ދުވަހު ވަނީ ޔުކްރެއިނުގައި ތިބި އިންޑިއާގެ ދަރިވަރުން ވަގުތުން ވަގުތަށް ފޭބުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން