ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާގެ ބޭސްއުފައްދާ ކުންފުންޏެއްކަމަށްވާ މާރކުން އުފެއްދި ބޭސް  ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަދީފިއެވެ.

އެމެރިކާގެ މާރކް ކުންފުނިން އުފައްދާފައިވާ "މޮލްނުޕިރަވިރް" ނަމަކަށްކިޔާ މިބޭހުން ކޮވިޑް ބައްޔަށް ހައި ރިސްކު މީހުންގެ ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މިންވަރު ދައްކޮށްދެއެވެ.

ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި މިބޭސް ބޭނުންކުރާނީ ކޮވިޑް ބަލީގެ އަލާމާތްތައް ފެނި ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ހާލަތައް ދިއުމުގެ ހައި ރިސްކު މީހުންނެވެ. އެގޮތުން ދުވަސްވީ މީހުންނާއި ވެކްސިން ނުޖަހާ ފަރާތްތަކުން ކޮވިޑް ބަލީގެ އަލާމާތް ފެނިއްޖެނަމަ މިބޭސް ބޭނުންކުރެވިދާނެއެވެ.

ނަމަވެސް ކުޑަކުދިންނާއި ސިއްހަތު ރަނގަޅު މީހުންނާއި، މާބަނޑު އަންހެނުންނާއި، ގާތުން ކިރުދޭ މައިން މިބޭސް ބޭނުންނުކުރުމަށް ސިއްހަތު ޖަމިއްޔާއިން އިލްތިމާސްކޮށްފައިވެއެވެ.

މިއާއެކު މި ބޭސް ވެގެންދަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބޭނުން ކުރުމަށް ސިއްހަތު ޖަމިއްޔާއިން ހުއްދަދިން ފުރަތަމަ ބޭހަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން