ރަޝިޔާއިން ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް ޔުކްރެއިނުގެ ގިނަ ބަޔަކު ދަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވަމުން.
ރަޝިޔާއިން ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް ޔުކްރެއިނުގެ ގިނަ ބަޔަކު ދަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވަމުން.
ރަޝިޔާއިން ދިން ހަމަލާތަކުގައި ޔުކްރެއިނުގެ ސަތޭކައަށްވުރެއް ގިނަ އާންމުން މަރުވެއްޖެކަމަށް އދ އިން ހާމަކޮށްފިއެވެ.

އދ އިން ބުނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 350 އަށްވުރެ ގިނަ މީހަކު މަރުވެފައިވާކަމަށެވެ. މީގެ ތެރެއިން 102 މީހުންނަކީ އާންމުންކަމަށް އދ އިން ހާމަކޮށްފައިވެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި 16 ކުޑަކުއްޖަކު ހިމެނޭކަމަށްވެސް އދ އިން ހާމަކޮށްފައިވެއެވެ.

"ގިނަ އަދަދެއްގެ އާންމު މަރުވެފައިވަނީ ބޮޑެތި ސަރަހައްދުތަކަށް އަސަރު ކުރާގޮތަށް ގޮއްވާލައިފާވާ ބޮންތަކުގެ އިތުރުން، ރޮކެޓާއި ވައިގެ ހަމަލާތަކުން،." އދ ގެ ހިއުމަން ރައިޓްސް ޗީފް މިޝެލް ބެޝެލެޓް ވިދާޅުވިއެވެ.

އދ ގެ ހިއުމަން ރައިޓްސް ޗީފް ވިދާޅުވީ ހަމަލާތަކުގެ ސަބަބުން ޔުކްރެއިނުގައި މަރުވެފައިވާ އާންމުންގެ ސައްހަ އަދަދު ޔަގީން ނުވެދާނެކަމުގެ ބިރުވެސް އެބައޮތްކަމަށެވެ.

މީގެ އިތުރުން ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގައި އާންމުގެ ތެރެއިން 406 މީހަކަށް ވަނީ އެކިވަރުގެ އަނިޔާލިބިފައެވެ.

ރަޝިޔާއިން ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް ޔުކްރެއިނުގެ އެތައް ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައެވެ. އަދި 500،000 އަށްވުރެއްގިނަ މީހަކު ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ގައުމުތަކަށް ދަތުރުކޮށްފައިވާކަމަށް އދ އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން