ކޮވިޑް ބަލީގައި މަރުވާ މީހުން ގިނަވެ ހޮންގްކޮންގްގެ މޯޗަރީތައް ފުރެމުންދާކަމަށް އެގައުމުގެ ހޮސްޕިޓާތަކުން ހާމަކޮށްފިއެވެ.

ހޮންގްކޮންގްގެ ހޮސްޕިޓަލް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި ހޮސްޕިޓަލް އަދި ޕަބްލިކް މޯޗަރީތައް ފުރެމުންދަނީ ފިނިމޫސުމާ ގުޅިގެން އެއްގަމު ދަތުރު ފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، މަރުވެފައިވާ މީހުންގެ ހަށިތައް ހޮސްޕިޓަލުން ބޭރު ނުކުރެވުމުގެ ސަބަބުންނެވެ. އަދި ހޮސްޕިޓަލް މޯޗަރީގައި ޖާގަނެތިގެން އެމަރޖެންސީ ރޫމްތަކުގައިވެސް ކޮވިޑް ބަލީގައި މަރުވެފައިވާ ބައެއް މީހުން ބާއްވަން މަޖުބޫރުވަމުން ދާކަމަށްވެއެވެ.

ހޮންގްކޮންގްގައި ކޮވިޑް ބަލީގައި މަރުވަމުންދާ މީހުން ގިނަވެފައިވާއިރު، ދުވާލެއްގެ މައްޗަށް މިބަލި ޖެހޭ މީހުންގެ އަދަދުވެސް ވަނީ ގިނަވެފައެވެ. ހޮންގްކޮންގްގެ ސިއްހީ ވުޒާރަތުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު އެކަނިވެސް 34000 އަށްވުރެއް ގިނަ މީހުން ވަނީ ކޮވިޑް ޖެހިގެން ރިޕޯޓުކޮށްފައެވެ.

އަދި ދުވާލެއްގެ މައްޗަށް މިބަލީގައި މަރުވަމުންދާ މީހުން އިތުރުވެފައިވާއިރު، މިދިޔަ އާއްދިތަ ދުވަހު ވަނީ 83 މީހުންނާއިއެކު ރިކޯޑް އަދަދަކަށް ކޮވިޑް މަރު ރިޕޯޓުކޮށްފައެވެ. ހޮންގްކޮންގްގެ ސިއްހީ ވުޒާރަތަތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި އެކަނިވެސް 300 އެއްހާ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން