ރަޝިޔާ އަދި ބެލާރުސްއިން ކުރިއަށް ގެންދިޔަ މިލިޓަރީ ޑްރިލްއެއް.
ރަޝިޔާ އަދި ބެލާރުސްއިން ކުރިއަށް ގެންދިޔަ މިލިޓަރީ ޑްރިލްއެއް.
ރަޝިޔާއާއެކު ސުލަހައިގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ތައްޔާރަށް ހުންނެވިކަމަށް ޔުކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ރަޝިޔާ ބަހުން ދެއްވި ވީޑިއޯ މެސެޖެއްގައި ސުލަހައިގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ރަޝިޔާއަށް ދައުވަތުދެއްވައި، އަވަށްޓެރި ބެލާރުސް ފިޔަވާ އެހެން ގައުމެއްގައި މިމަޝްވަރާތައް ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ބެލާރުސްގައި މިމަޝްވަރާތައް ނުގެންދިއުމަށް ޔުކްރެއިނުން އެދިފައިވަނީ ރަޝިޔާއާއި ބެލާރުސް އާއި ދެމެދު އޮންނަ ގާތްގުޅުމާއި ހެދިއެެވެ.

މިއާއެކު ބެލާރުސްގެ ބަދަލުގައި އަވަށްޓެރި، ޕޮލޭންޑް، ސްލޮވޭކިއާ، ތުރުކީ، ހަންގޭރީ އަދި އަޒަރުބައިޖާން ފަދަ ގައުމެއްގައި މިމަޝްވަރާތައް ކުރިއަށްގެންދިއުމަށް ޔުކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެދިވަޑައިގެންފައިވެއެވެ.

ނަމަވެސް ރަޝިޔާއިން ވަނީ ސުލަހައިގެ މަޝްވަރާތައް ކުރުމަށް ރަޝިޔާގެ ޑިޕްލޮމެޓުންގެ ޓީމެއް ބެލާރުސްގައި ޔުކްރެއިނަށް އިންތިޒާރު ކުރަމުންދާކަމަށް ބުނެފައެވެ.

މިކަމަށް ރައްދުދީ ޔުކްރެއިނުން ބުނަނީ ބެލާރުސްގައި ސުލްހައިގެ މަޝްވަރާތައް ބޭއްވުމަކީ ރަޝިޔާގެ ޕްރޮޕެގެންޑާއެއްކަމަށެވެ.

ޔުކްރެއިނާއި ރަަޝިޔާއިން ސުލްހައިގެ މަޝްވަރާތަކަށް ތައްޔާރަށްތިބިކަން ހާމަކޮށްފައިވަނީ، ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް ހަތިޔާރުތައް ތައްޔާރަށް ބެހެއްޓުމަށް އަމުރު ނެރިފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން