އަހުމަދު ޝާހް   23 ފެބްރުއަރީ 2022 - 15:22
ގދ. ތިނަދޫ ކޮވިޑް ފެސިލިޓީ
ގދ. ތިނަދޫ ކޮވިޑް ފެސިލިޓީ
ގދ. ތިނަދުއަށް ފޮނުވި ޑޮކްޓަރުންތަކެއް ފިލާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަރަށް ފަހުން ވެސް ފަސް ޑޮކްޓަރަކު ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެމީހުން ފިލާފައިވާ ކަމަށެވެ. އެހެންކަމުން ޑޮކްޓަރުން ހިފެހެއްޓޭތޯ ބައްލަވައިދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ނަސީމް މިއަދު ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ޑޮކްޓަރުން ފިލައިގެންދާ މައްސަލަ ޙައްލު ކުރެއްވުމުގެ ގޮތުން އެއާޕޯޓާ ހަމައިން ޑޮކްޓަރުން ހުއްޓުވޭނެ އިންތިޒާމް މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ. އެހެންކަމުން ރަށްރަށަށް ފޮނުވާ ޑޮކްޓަރުންގެ ކަންތައްތައް ވީހާވެސް ކައިރިން މޮނިޓަރ ކުރެއްވުމަށް މިނިސްޓަރ ނަސީމް މިއަދުވަނީ އިލްތިމާސް ކުރަށްވާފައެވެ.

"އެހެންވީމާ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް، ޑޮކްޓަރުން ފޮނުވާ ރަށްރަށުގެ ހޮސްޕިޓަލުތަކުން މިހާރަށް ވުރެ ބޮޑަށް އެ މީހުންނަށް ވާނުވާ ގޮތް ބައްލައްވައިދެއްވައި ތަންކޮޅެއް ގާތުން މަސައްކަތްކޮށްދެވުމަކީ." މިނިސްޓަރ ނަސީމް މިއަދު ވިދާޅުވިއެވެ.

ޑޮކްޓަރުން ފިލައިގެން ދިއުމަކީ ސަރުކާރަށްވެސް ވަރަށްބޮޑު ގެއްލުމެއް ލިބޭ ކަމެއްކަމަށާއި ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްޙީމަރުކަޒުތަކަށް ކޮންމެ އަހަރަކު ވެސް ޑޮކްޓަރުން ގެންނަނީ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެންކަން މިނިސްޓަރ ނަސީމް މިއަދު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ބަނާނާ

24-Feb-2022

ހެލްތު މިނިސްޓަރު ގަޅީ....ކުރީގަވެސް ޑޮކްޓަރުން ތިބި.ފިލިވާހަކަ ނުދައްކާ.



ޓްރެންޑިން