ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
އަަކުރަކާއި ފިއްޔަކާހެދި މުޅި މައްސަލަ އެނބުރުމަކީ އިންސާފެއްނޫން ކަމަށް ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވީ ފަނޑިޔާރުންނަށް އިނާޔަތާއި އިތުރު ހިމާޔަތް ފޯރުކޮށްދިނުމަށް މަޖިލީހުން ދެކޮޅުނޫން ކަމަށެވެ. ނަމަވެސް އެލިބޭ އިނާޔަތާ އެއް ހަމައެއްގައި އިންސާފުލިބޭ ކަމުގެ އިޙްސާސް ރައްޔިތުންނަށް ވާން ޖެހޭނެކަމަށް ޒާހިރު ވިދާޅުވިއެވެ.

މެންބަރު ޒާހިރު މިއަދު ވިދާޅުވީ މައްސަލައެއްގައި އަަކުރަކާ ފިއްޔަކާހެދި މުޅި މައްސަލަ ފުރޮޅިގެން ދިއުމަކީ ޤަބޫލުކުރަށްވާ ކަމެއްނޫން ކަމަށާއި އެކަމާމެދު ޖޭއެސްސީންވެސް ފާރަވެރިވާން ޖެހޭނެ ކަމަށެވެ. އަދި މިކަންކަމާމެދު ރައްޔިތުން ސުވާލުކުރާކަމަށް ޒާހިރު ވިދާޅުވިއެވެ.

"އެންމެންނަށް އެބަ އެނގޭ ނަގައިފިކަން. ކައިފިކަން. އެކަމަކު އިންސާފެއް ނުލިބޭ އިންނަ ނަންބަރަކާހެދި. މިއީ ޤަބޫލުކުރެވޭ ކަމެއް ނޫން." ޒާހިރު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްޤު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށެވެެ. އެގޮތުން ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށް އިސްލާޙުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން