ރައީސް ޞާލިޙުގެ ކަންފަތްޕުޅު ކައިރީގައި މީހަކު ވަހަކައެއް ދަންނަވަނީ
ރައީސް ޞާލިޙުގެ ކަންފަތްޕުޅު ކައިރީގައި މީހަކު ވަހަކައެއް ދަންނަވަނީ
ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުންގެ ހާލަތުގައި މާލޭގެ ކުދި ތަންތަންކޮޅުގައި ބަންދުވެފައި ތިބެން ޖެހުމުން ވާނެ ދަތި އިހުސާސް ކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޢީދު ޝޯގައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަ ފުޅުގައި ރައްޔިތުން އުޅެންޖެހިފައިވާ ދަތި ހާލު އިހުސާސް ކުރެއްވޭކަން ހާމަ ކުރައްވަމުން އެމަނިކުފާނު ވަނީ އަދިވެސް ޑޮކްޓަރުންގެ ލަފަޔާ އިރުޝާދާއި އެއްގޮތަށް އަމަލު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންފައެވެ.

"ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް އަދިވެސް އަމަލު ކުރައްވަމުން ގެންދަވާށޭ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަތުމަށް މިހާރު މިވަނީ މަގު ފެނިފަ. އެކަމަކު މިކަމުން އަރައި ގަނެވޭނީ އަދި ވެސް ހަމަ އިރުޝާދުތަކާ ލަފަޔާ އެކީގަ މަސައްކަތް ކޮށްގެން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ބޭރަށް ނުކުމެ އާންމު ދިރިއުޅުމަށް ދެވޭނެ." އަދިވެސް ސިއްހީ މާހިރުންގެ އިރުޝާދު ތަކުގައި ހިފަހައްޓަވަން ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ހުސްވި ހަފުތާގައި ގައުމާ މުޚާޠަބު ކުރައްވަމުން ވަނީ ކޯވިޑް-19 އާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅު ތަކަށް ވަރަށް އަވަހަށް ދޫތަކެއް ދޭން ފަށާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެދޫތައް ދެމުން ގެންދާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން ވަކި އުސޫލުތަކަކާއި އެއްގޮތަށް އަމަލު ކުރުމަށް ކަނޑައަޅައި އާންމު ޚިދުމަތްތައް ހުޅުވާލުމާއި އޮފީސް ތަކާއި ސްކޫލްތައް ހުޅުވުމާއި ރާއްޖޭގެ ބޯޑަރ ހުޅުވާލުމުގެ ތައްޔާރީތައްވެސް ކުރިއަށް ދާ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ޒާހިރު

25-May-2020

މަނިކުފާން އަށް ތިޔަވަރު އެނގިވަޑައިންނަވަންޏާ 7000 ފުލެޓް އޭގެ ހައްގުވެރިންނާ ހަވާލުކުރައްވާ މާލެ އަށް އެއްމެ ބޮޑީ ގެދޮރުގެ ދަތިކަން އަވަހަށް ހައްލުކޮށްދެއްވާ



ޓްރެންޑިން