ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ). އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ).
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ). އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ).
ކުރީގެ ރައީީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމަކީ ތެދުބަސް ވިދާޅުވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު އަބަދުވެސް ދައްކަވާނީ ދަޅަ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެންބަރު ނިހާދު ރައީސް ޔާމީނަށް ފާޑުވިދާޅުވެފައި މިވަނީ، ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ޕީޕީއެމްގެ ވެރިކަމުގައި ޖުމްލަ 500 މިލިޔަން ރުފިޔާ ޚަރަދު ކުރެއްވިކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ޔާމީން މި ބީދައިން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ފަތުޙީ އަށް ތާޢީދު ހޯއްދެވުމަށް އެދާއިރާގެ ކޮމަންޑޫގައި އިއްޔެ ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން އިއްޔެ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ކޮމަންޑޫ ދާއިރާއަށް 500 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ ރައީސް ޔާމީނަކީ ތެދުބަސް ވިދާޅުވާ ބޭފުޅެއް ނޫން ކަމަށާއި އަދި އަތޮޅުތެރޭގެ ރަށްރަށް ތަރައްޤީ ކުރެއްވުމުގެ ވިސްނުންވެސް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ.

"ތަކުރާރުކޮށް އޭނާގެ ދުލުން ބުނަމުން އެދަނީ ރާއްޖެތެރޭ ރަށްތައް ތަރައްޤީކުރަން ނުޖެހޭ ވާހަކަ. ދެން ކޮންކަމެއް ކުރާނީ. ދައްކާނީ ދަޅަ." މެންބަރު ނިހާދު ވިދާޅުވެފައިވެއެވެ.



މެންބަރު ނިހާދު އިތުރަށް ވިދާޅުވީ މީގެ ކުރިން ކޮމަންޑޫ ދާއިރާ އޮތީ ބާކީ ކޮށްލާފައި ކަމަށެވެ. އަދި ބާކީކޮށް ބިކަކޮށްލި އެތައް އަހަރަކަށްފަހު ޒަމާނީ ތަރައްޤީ ގެންނަން ރައްޔިތުން އެދޭނެ ކަމަށްވެސް މެންބަރު ނިހާދު ވިއެވެ.

ކޮމަންޑޫ ދާއިރާގެ ތަރައްޤީއަށް ޕީޕީއެމްގެ ސަރުކާރުން 500 މިލިއަން ރުފިޔާ ޚަރަދު ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވީ ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް އޮފީހުން ނެރެފައިވާ "ރަށްވެހި ތަރައްޤީ" ފޮތުގައި ކޮމަންޑޫ ދާއިރާގެ ތަރައްޤީއަށް ޚަރަދު ކޮށްފައިވާ ކަމަށް ދައްކަނީ 155 މިލިއަނެއްހާ ރުފިޔާއެވެ.

މިއަންނަ ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރެއެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދާއި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަލިރަހާ

16-Jan-2022

ނިހާދު،ތަވޭޑެނެލެކާއިތަގޭމުޑުދާރަމާޒީ އަފިރިންނައްއެގެއި


-1

ރާއްޖެތެރެ މީހާ

15-Jan-2022

ޢިއްޒަތްތެރި( މެންބަޅު ) ނިހާދު އަކީ ރައީސް ޔާމީން އާ އަޅައިގަނެގެން ނެއްޓެން ނުއެގިފަ ހުރި ބުރާންޗެއް#



ޓްރެންޑިން