މިއަދު ކުރިއަށްދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތު
މިއަދު ކުރިއަށްދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތު
އައްޑޫ ސިޓީގައި 2000 ސޯޝަލް ހައުސިންގ އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް އައްޑޫސިޓީ ކައުންސިލާއި ޗައިނާގެ ބީ.ޔޫ.ސީ.އެން.ޖީ ކުންފުންޏާ ދެމެދު ފްރޭމްވޯކް އެގްރީމަންޓްގައި މިއަދު ސޮއި ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގައި ރެސިޑެންޝަލް ހައުސިންގ ޔުނިޓް އެޅުމަށް އައްޑޫސިޓީ ކައުންސިލާއި ވިޒްޔޮން ވިލާ ކުންފުންޏާއި ދެމެދު މިއަދު ވަނީ އެމް.އޯ.ޔޫގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުންތަކުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރު އެވެ.

އައްޑޫގައި އިންވެސްޓް ކުރާ ހުރިހާ ފަރާތްތަކުން ކުއްޔަށް ނަގާފައިވާ ބިން މޯގޭޖް ކުރެވޭގޮތަށް ސިޓީކައުންސިލުން މިހާރުވަނީ ނިންމާފައެވެ. އައްޑޫ މޭޔަރު ޢަލީ ނިޒާރު މީގެ ކުރިން ވިދާޅުވެފައިވަނީ އައްޑޫގެ އިގްތިސާދަށް މުހިންމު ޕްލޭންތަކާއެކު ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އައްޑޫސިޓީ ކައުންސިލަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އައްޑޫގެ ބިމު ކުލިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން