މަޝްހޫރު ފިލްމީ ތަރި އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ހާާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.
މުހައްމާގެ އާއިލާގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މުހައްމާއަށް ހާޓްއެޓޭކެއް ޖެހިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، އަދި މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ ޔުނިޓްގައި ކަމަށެވެ.
އަދި މުހައްމާގެ ސީދާ ހާލަތު އެނގޭނީ 24 ގަޑިއިރު ބެލުމަށް ފަހުގައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.
ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަ ކުރައްވާފައިވާ މުހައްމާއަކީ މުޅި ރާއްޖެއަށް މަޝްހޫރު ފަންނާނެކެވެ. އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއްވެސް ޕްރޮޑިއުސް ކޮށްފައެެވެ.
މުހައްމާ އެންމެ ފަހުން ހުންނެވީ ބްރޮޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަގާމުގައެވެ. ނަމަވެސް, ފަހުން މީޑިއާ ކޮމިޝަން އުފެއްދެވުމަށް ފަހު ވަނީ އެ ކޮމިޝަން އުވާލާފައެވެ.
ޖުމްހޫރީ ޕާޓީއިން ސިޔާސީ ދާއިރާއަށް ނުކުންނެވި, މުހައްމާ ފަހުން ވަނީ އެމްޑީޕީއާ ވެސް ގުޅިވަޑައިގެންފައެވެ. ނަމަވެސް, މިހާރު އުޅުއްވަނީ މިހާރު ވެރިކަން ކުރައްވާ ޕީއެންސީގައެވެ.

ކިޔުންތެރިންގެ ހިޔާލު