ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގައި ބާއްވަވާ އަވަށު ބައްދަލުވުންތަކުން، ރައްޔިތުން އެމަނިކުފާނުގެ ސަރުކާރާއި މެދު ނުރުހޭ މިންވަރު ސާފުކޮށް ފެނިގެންދާ ކަމަށް އެމްޑީޕީ ގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ، ރައީސް މުޢިއްޒު ބާއްވަވާ އަވަށު ބައްދަލުވުންތަކުގައި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކާއި ޝަކުވާތައް ކުރަމުންދާތީ އެކަމަށް އިޝާރަތް ކުރައްވައި އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރައީސް މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި މާލޭގެ ރައްޔިތުން ސަރުކާރާއި މެދު ނުރުހޭ މިންވަރު ވަރަށް ސާފުކޮށް ފެނިގެންދާ ކަމަށެވެ. އެގޮތުން ރައްޔިތުން ފާޅުކުރާ ޚިޔާލުތަކާއި ޝުޢޫރުތަކާއި ކަންބޮޑުވުންތަކުން އެނގިގެންދަނީ ސަރުކާރެއް ހިންގަން ނޭގިގެން އުޅޭތަން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ސަރުކާރުުން ވެފައިވާ ބޮޑު އިހުމާލު މި ބައްދަލުވުންތަކުން ހާމަވާ ކަމަށެވެ. އަދި ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތަކާއި، ދައްކަވަމުން ގެންދަވާ ވާހަކަތަކާއި، އަދި ކުރައްވަމުން ގެންދަވާ ކަންކަމާ ދެމެދު އެއްވެސް ގުޅުމެއް ނެތްކަން މިހާރު ހާމަވެފައިވާ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ޙަސަން އިތުރަށް ވިދާޅުވީ، މިހާރު ރައްޔިތުންނަށް ރައީސް ހައްދަވާ އިތުރުފުޅުތައް ސާފުކޮށް އެނގިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު