ރާއްޖޭގެ ބާޒާރަށް އެންމެ ގިނައިން ތާޒާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި، އެކި އުފެއްދުންތައް އެތެރެކުރާ އެއް ކުންފުނި ކަމަށްވާ މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން، ހާލުގައި ޖެހިފައިވާ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްފައިވާ މުހިންމު މަސައްކަތެކެވެ.

އެގޮތުން މަޑިހާގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މަރްޒޫގު އިސްކޮށް ހުންނަވައި، އެކުންފުނީގެ އޮޕަރޭޝަންސް ޓީމުން ދާދި ފަހުން ވަނީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަން އާ ބައްދަލުކުރައްވާފައެވެ.

މަޑިހާ ކުންފުނީގެ އިސްވެރިން ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ މި ރަސްމީ ދަތުރުގެ ތެރެއިން، އެކުންފުނިން ވަނީ ސްރީލަންކާގައި ހާލުގައި ޖެހިފައިވާ ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ޑޮނޭޝަންއެއް ހުށަހަޅާފައެވެ.

.



މީގެ އިތުރުން ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މެނޭޖަރާ މަޑިހާގެ ޓީމުން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ ޓްރޭޑް ޑިޕާޓްމަންޓްގެ ވެރިޔާ މިސްޓަރ ދަނުޝްކާއާ އެކު ވިޔަފާރީގެ އެއްބާރުލުން ފުޅާކުރުމާއި، ދިގުމުއްދަތުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނުކަމަށް މަޑިހާއިން ހާމަކޮށްފައިވެއެވެ. އަދި ދެފަރާތުންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ސަޕްލައި ޗެއިންތައް ގާއިމުކުރުމާއި، ޓްރޭޑް އަދި ދިގުމުއްދަތަކަށް ދެގައުމަށް ފައިދާ ކުރަނިވި މުހިންމުކަންކަމަށް އަލިއަޅުވާލާފައެވެ. މި މަޝްވަރާތަކުގެ މަޤްޞަދަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ވިޔަފާރީގެ ޕާޓްނަޝިޕް އިތުރަށް ކުރިއެރުވުމެވެ.

ސްރީލަންކާއަށް ވަޑައިގެން ދެއްވި ހާއްސަ ޑޮނޭޝަންގެ އިތުރުން މަޑިހާ ކުންފުނިން ވަނީ ދިވެހިރާއްޖޭގެ އެތަކެއް މީޑިއާތަކެއް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯން ފަންޑް ރެއިޒިން ކެމްޕޭނުގައިވެސް ބައިވެރިވެ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި، މިހާރު ކޮލަމްބޯގައި ހުންނެވި ކުންފުނީގެ ޗެއާޕާސަން މޫސާ އަޙްމަދު ގެންދަވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެ ހާލުގައި ޖެހުނު އާއިލާތަކަށް އަމިއްލަ ގޮތުން ސީދާ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން މޫސާ އަޙްމަދު ދަނީ ލަންކާގައި ހުންނަވައިގެން މަޑިހާ ގެ ސަޕްލަޔާސް އާއި އެކު ކޮމިއުނިޓީ ކިޗަން އެއް ތައްޔާރުކޮށް ހާލުގައި ޖެހިފައިވާ ސްރީލަންކާގެ ރައްޔިތުންނަށް ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދެމުންނެވެ. މިއެހީގެ ތެރެއިން ދުވާލެއްގެ މައްޗަށް 500 – 600 އެއްހާ މީހުންނަށް ކެއުން ހަމަޖައްސައިދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

.



މީގެއިތުރުން މަޑިހާ ކުންފުނީގައި މަސައްކަތް ކުރާ ސްރީލަންކާއަށް ނިސްބަތްވާ މުވައްޒަފުންގެ ތެރެއިން، ހާލުގައި ޖެހިފައިވާ މުވައްޒަފުންގެ އާއިލާތަކަށް އެކުންފުނިން ދަނީ މާލީ އެހީތެރިކަމާއި ޒަރޫރީ މުދާ ފޯރުކޮށްދީ، އެމީހުންގެ ގެދޮރު އަލުން ބިނާކުރުން ފަދަ ކަންކަމުގައި އެހީތެރިވަމުންނެވެ.

މިފަދަ އިންސާނީ އެހީގެ މަސައްކަތްތަކުގެ ތެރެއިންވެސް މަޑިހާ ކުންފުނީގެ ވެރިންނާއި އޮޕަރޭޝަންސް ޓީމުން ދައްކަމުންދާ ނަމޫނާ ލީޑަޝިޕާއި އޯގާތެރިކަމާއި، އިންސާނިއްޔަތުކަމުގެ ރޫޙަކީ، ސްރީލަންކާ އަދި ދިވެހިރާއްޖެ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، މުޖްތަމަޢުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ލާމަސީލު މިސާލެކެވެ.



ކިޔުންތެރިންގެ ހިޔާލު