މަރްޔަމް ނަހްދާ ވަޙީދު   11 ނޮވެމްބަރު 2025 - 10:49
އައްޑޫގެ މިސްކިތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި-
އައްޑޫގެ މިސްކިތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި-
އައްޑޫ ސިޓީގެ މިސްކިތަކަށް ހަމަލާ ދިން މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އިސްލާމިން މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ.

މި މައްސަލަ ބަލައި ތަޙްޤީޤުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބަޔަކު ބޮޑެތި ގެއްލުން ދީފައި ވަނީ އައްޑޫ ސިޓީ ހިތަދޫގެ އުމަރުލް ފާރޫޤް މިސްކިތަށެވެ. ސޯޝަލް މީޑިއާގައި ދައުރަވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މިސްކިތުގެ ގޮނޑިތަކާއި ފަންކާ އަދި ކަރަންޓު ބޯޑު ފަދަ ތަކެތިވެސް ވަނީ ހަލާކުކޮށްފައެވެ.

މި ހާދިސާ ފެންމަތިވެފައި މިވަނީ މިފަހަކަށް އައިސް ރާއްޖޭގެ މިސްކިތްތަކަށް އަމާޒުކޮށް ގެއްލުން ދިނުމުގެ މައްސަލަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު