ފެނާއި ނަރުދަމާ ގުޅުމަށް ހިމަންދޫ ކޮންމެ ގެއަކަށް ސަރުކާރުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު މިހެން ވިދާޅުވީ ހިމަންދޫ ފެނާއި ނަރުދަމާ މަޝްރޫޢުގައި ހިމެނޭ ހޮޅި ވަޅުލުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޝާހު ވިދާޅުވީ މި ސަރުކާރުން ރަށްރަށުގައި ވަރަށް ގިނަ ތަރައްޤީގެ މަޝްރޫޢު ހިންގާކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ އެކަނި ބެލިކަމުގައި ވިޔަސް މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން ޝާހު ފާހަގަކުރެއްވިއެވެ.
ޝާހު ވިދާޅުވީ ހިމަންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެންދާއިރު އެ ރަށުގައި ކޮންމެ ގޭބީސީއަކަށް ފެނާއި ނަރުދަމާ ގުޅުމަށް ތިން ލައްކަ ތިރީސް ފަސް ރުފިޔާ ހޭދަވާކަމަށެވެ. އަދި ފެނާއި ނަރުދަމާ އެއީ އަސާސީ ހައްގެއްކަން ދެކެވަޑައިގެން މިސަރުކާރުން މިފަދަ ޕްރޮޖެކްޓްތައް ހިންގަވާކަމަށްޓަކައި ރައީސް ސާލިހަށް ޝާހު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
ހިމަންދޫ ފެނާއި ނަރުދަމާ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. މިއީ 65.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

MP for Mathiveri Constituency @zareezbl, MWSC Board Director Ibrahim Anwar, Managing Director @hassanshaahu groundbreaking AA.Himandhoo Water & Sewerage Project, being undertaken by #TeamMWSC#MWSCAsaasee pic.twitter.com/cHTwahR4yC
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 11, 2021
ޝާހު ވިދާޅުވީ ހިމަންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެންދާއިރު އެ ރަށުގައި ކޮންމެ ގޭބީސީއަކަށް ފެނާއި ނަރުދަމާ ގުޅުމަށް ތިން ލައްކަ ތިރީސް ފަސް ރުފިޔާ ހޭދަވާކަމަށެވެ. އަދި ފެނާއި ނަރުދަމާ އެއީ އަސާސީ ހައްގެއްކަން ދެކެވަޑައިގެން މިސަރުކާރުން މިފަދަ ޕްރޮޖެކްޓްތައް ހިންގަވާކަމަށްޓަކައި ރައީސް ސާލިހަށް ޝާހު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
ހިމަންދޫ ފެނާއި ނަރުދަމާ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. މިއީ 65.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު