އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، އަހުމަދު ޝަރީފަކީ އަރާހުރި ޚާއިނެއް ކަމަށް ކުރީގެ ރައީސް އަބުދު ﷲ ޔާމިން ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝަރީފު ޔާމީނާ ސުވާލެއް ކުރަށްވައިފިއެެވެ.
ޕީޕީއެމުން ރޭ ބޭއްވި ކޮތަރުކޮށި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ނުވަތަ އީސީ ޝަރީފަކީ ޚާއިނުންގެ ތެރެއިން ވެސް އަރާހުރި ޚާއިނެއް ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމުގައި ކަންތައް ހިނގާދިޔަ ގޮތް ޝަރީފަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ. ރައީސް ޔާމިން ގަބޫލުފުޅު ކުރަށްވާ ގޮތުގައި، އެމަނިކުފާނުގެ ރުހުމާ ފުރިހަމަ އިތުބާރާއެކު އިލެކްޝަންސް ކޮމިޝަނަށް ވެންނެވި އީސީ ޝަރީފުގެ ފިކުރު އަނބުރާލީ އިދިކޮޅުން އޭނާއަށް ފައިސާ ދީގެން ކަމަށެވެ. މިހާތަނަށް ވެސް އެއްވެސް ތަހުގީގެއް ހިނގާފައި ނުވާ މި ތުހުމަތު ތަކަށް އީސީ ޝަރީފު ވެސް ގެންދަވަނީ އެކީ މުނާސަބަތުގައި ރަށްދު ދެއްވަމުންނެވެ.
"މިކަން ފެށުނީ 2018 ގައި. އިންތިހާބުން ބަލިނުވާނެކަން ބަލި ނުކުރެވޭނެކަން ޔަގީންވީ ހިސާބުން ހުރިހާ ޗަރުކޭހެއް ކުޅެން ފެށީ. އެއީ މީގެ ހަގީގަތް. އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރެއް ގޮތަށް، އެއީ މި މީހުންގެ ތެރޭގައި ހުރި ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް. އިނގޭނެ ކަންކަން ހިނގާދިޔަ ގޮތް،" 2018 ގެ ރިޔާސީ އިންތިޚާބު އޮޅުވާލެއްވި ކަމަށް ރައީސް ޔާމީން ކުރަށްވާ ތުހުމަތު އާ ކުރަށްވަމުން ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.
ރައީސް ޔާމިންގެ އެ ވާހަކަފުޅާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ އޭނާ އާއި ބެހިނުލައި ހަމަ ނުހުރެވެނީތޯއޭ ވިދާޅުވެ ރައީސް ޔާމިނާއި ސުވާލެއް ކުރައްވާފައެވެ. މިސުވާލަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ދެން އަންނަ އެފަދަ ޖަލްސާއެއްގައި ޖަވާބު ދެއްވާނެ ކަމަށް ބެލެވެއެވެ.
ރައީސް ޔާމިން އިތުރަށް ވިދާޅުވީ ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކަންކަން ދިޔަ ގޮތް ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލި މީހުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ކަމަަށް ޔާމިން ވިދާޅުވިއެވެ.
އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވެވަޑައިގަތުމާއެކުހެން އިންތިހާބުގެ މިނިވަން ކަމާމެދު ސުވާލު އުފައްދައި އެމަނިކުފާނާއި ޕީޕީއެމުން ވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ތުހުމަތުކޮށްފައެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކުރަށްވަން ދެކޮޅު ހައްދަވާ އިހުތިޖާޖުތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ނަތީޖާ ގަބޫލު ނުކުރަށްވައި ސްޕްރީމް ކޯޓަށް ވެސް މައްސަލަ ހުށައެޅުއްވިއެވެ. އެފަހަރު މައްސަލަތައް ނިމިފައިވަނީ ރައީސް ޔާމީނާއި ދެކޮޅަށެވެ.
އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ރައީސް ޔާމިން އެމަގާމަށް އައްޔަންކުރެއްވި ބޭފުޅެކެެވެ. ޝަރީފަކީ ރައީސް ޔާމިން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގައި އެމަނިކުފާނާއި ވަރަށް އަރިހުގައި އުޅުއްވި ބޭފުޅެކެެވެ. ރައީސް ޔާމިނާއި ޝަރީފާއި ދެމެދު ހިތް ހަމަނުޖެހުން އުފެދިފައިވާކަން ފެންމަތިވީ ރިޔާސީ އިންތިޚާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު