ގާފަރުގައި ސަރުކާރުން ޤާއިމްކުރި 25 ޓަނުގެ އައިސް ޕްލާންޓެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަައްމަދު ޞާލިޙް، ހުޅުއްވައި ދެއްވައިފިއެވެ.
ރައީސް އިބްރާހިމް މުހަންމަދު ސާލިހު ގާފަރުގެ އައިސްޕްލާންޓް ހުޅުއްވައިދެއްވީ މިއަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މާލެއަތޮޅު ގާފަރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅެެއްގައި މިއަދު ހަވީރު އެެވެ. އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައެއް ވަޒީރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.
ގާފަރުގެ އައިސްޕުލާންޓަކީ އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ޤާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން މިފްކޯއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.
އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގާފަރުގައި ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިޔަ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ މި މުބާރާތް ބައްލަވާލައްވާފައެވެ. މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގާފަރު މޮނިއުމެންޓް ވެސް ހުޅުއްވައިދެއްވާފައެވެ. މި މޮނިއުމެންޓުން ރަމްޒުކޮށްދެނީ ގާފަރަކީ މަސްވެރި ރަށެއްކަމާއި، އެކުވެރި ރައްޔިތެއް އުޅޭ މެހެމާންދާރީ ރަށެއްކަމެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ގާފަރުގައި އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.
މި އެކްސްޕޯގައި މަސްވެރިކަމާގުޅޭ ވިޔަފާރިތަކުގެ 8 ސްޓޯލެއް ޤާއިމުކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ މިފްކޯ ސްޓޯލަށް ޒިޔާރަތްކުރައްވައި 5 ނިއު ޕްރޮޑަކްޓެއް ލޯންޗް ކޮށްދެއްވާފައެވެ. މިފްކޯ ސްޓޯލްގެ އިތުރުން، އެންސިސް ގެ ސްޓޯލަކާއި، ހޮރައިޒަން ފިޝަރީޒްގެ ސްޓޯލަކާއި، މައިޒާން އިލެކްޓްރޯނިކްސް ގެ ސްޓޯލަކާއި، ޓަރމޯޑިޒޭން މޯލްޑިވްސްގެ ސްޓޯލަކާއި، ނޫ ރާއްޖެ ޕްރޮގްރާމްގެ ސްޓޯލަކާއި، އޫރިދޫގެ ސްޓޯލެއްގެ އިތުރުން ގާފަރުގެ ފަންނުވެރިންގެ ސްޓޯލެއް ހިމެނެއެވެ.
މީގެ އިތުރުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީވެސް ރައީސުލްޖުމްހޫރިއްޔާ އެެވެ.

ކިޔުންތެރިންގެ ހިޔާލު