އަތޮޅު ތެރޭގެ ރަށެއްގައި އަންހެނަކު ހަޑިހުތުރު ބަހުން ވާހަކަދައްކާ، މާތްﷲއަށް ބަދު ބަސް ބުނާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެއެެވެ.
މީސް މީޑިއާގައި ހަލުވިކަމާއެކު ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ އަންހެނަކު ވަރަށް ރުޅިއައިސް އެއްޗެހި ކިޔާ މަންޒަރެވެ. އަދި މިކަމާހުރެ އެހެން މީހަކު އެ އަންހެން މީހާ ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.
މީގެއިތުރުން، މި ވީޑިއޯއިން ފެނިގެންދަނީ ހަޑިހުތުރު ބަހުން އެ އަންހެން މީހާ ވާހަކަދައްކަމުންދާއިރު މާތްﷲއަށް ނިސްބަތް ކޮށް ބަދު ބަސް ބުނަމުންދާ މަންޒަރެވެ.
ރޭ ވެސް އޭނާ ވަނީ ސައިކަލަކަށާއި ވޭނަކަށާއި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ރިޔާޒްގެ ގެސްޓްހައުސްއަށް ގެއްލުންދީފައެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ މި އަންހެން މީހާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި މީގެ ކުރިންވެސް މި އަންހެން މީހާ ވަނީ ތިމަރަފުށީގައި ހުންނަ "ފާއިޒާ ރެސްޓޯރެންޓަށް" ވެސް ގެއްލުންދީފައިކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު