ރާއްޖޭގެ ޖަލުތަކުގައި ވާނުވާ ބަންދުގައި ގިނަ ބަޔަކު ތިބުމަކީ ކަންބޮޑުވުމެއްކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބުނެފިއެވެ.
ސަރުކާރުގެ ދައުވަތައް ރާއްޖެ އައިސް 10 ދުވަހުގެ ތަހުގީގަކަށްފަހު އެ ގްރޫޕްގެ މަސައްކަތް ނިންމާލުމަށްފަހު ނެރުނު ބަޔާނުގައި ވަނީ އެ ގްރޫޕަށް ފާހަގަކުރެވުނު ކަންކަން ހިމަނާފައެވެ.
އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ބަޔާނުގައި ބުނީ ރާއްޖޭގައި ޝަރީއަތް ކުރުމާއި ނުލައި ބަންދުކުރުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވީނަމަވެސް، އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބޭކަމަށެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ އެހެން ގައުމުތަކުގައި އިތުރު އެއްވެސް ގޮތެއް ނެތިގެން ކުރާކަމަކަށްވާއިރު، ރާއްޖޭގައި އެއީ އެންމެ ފުރަަތަމަ މަރުހަލާގައި ނިންމާ ނިންމުމެއްކަމަށް ރިޕޯޓްގައިވެއެއެވެ.
ރާއްޖެ ޒިޔާރަތްކުރި ވަފުދުގެ ބޭފުޅުން ބުރާސްފަތިދުވަހު ވަނީ ނޫސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ. އެބައްދަލުކުރެއްވުމުގައި އދ. ގެ ކޮމެޓީން ބުނީ، ދިވެހިރާއްޖޭގެ ޖަލުތަކުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުކަމަށާއި ބޭސް ފަރުވާ ހޯދުމާއި ކަސްރަތު ކުރުން ފަދަ އިންސާނީ ހައްގުތަކުން ގިނަ ގައިދީން މަހްރޫމްކޮށްފައިވާ ކަމަށެވެ. ބަންދުކޮށްފައި ތިބޭ ގިނަ ގައިދީން ގޮޅިން ބޭރަށް ނުނެރެ އެއް މަސްވެސް ވެފައިވާކަމަށް އެ ކޮމެޓީގެ ޗެއަރ ޑރ. އެލީނާ ސްޓެއިނާޓް ވިދާޅުވިއެވެ.
މީގެއިތުރުން ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހުންނާއި، ހުކުމްކޮށްފައިވާ ތިބޭ މީހުންނާ އެއް ދަރަޖައެއްގައި ގެންގުޅޭކަން އދގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އދގެ ގްރޫޕުން ވަނީ ކޯވިޑް ތެރޭގައި އޮންލައިންކޮށް ޝަރީއަތްކުރިއަށް ގެންގޮސްފައިވާތީ އެކަން ފާހަގަކޮށްފައެވެ.
އދގެ ވޯކިންގ ގްރޫޕްއިން ރާއްޖެއަށް ކުރި ޒިޔާރަތުގައި ވަނީ 14 ޑިޓެންޝަން ސެންޓަރަކަށް ޒިޔާރަތްކޮށް، 85 މީހަކާއި އިންޓަވިއުކޮށްފައެވެ.
އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ރިޕޯޓް ރަސްމީކޮށް އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

ކިޔުންތެރިންގެ ހިޔާލު