ޕީޕީއެމުން މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ކަނބަލުން
ޕީޕީއެމުން މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ކަނބަލުން
ދިވެހި ކަނބަލުންނަކީ ނަތީޖާ ނެރުމަށް ކުޅަދާނަ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އަލުން ފެށުމަށް އެ ޕާޓީގެ އެކި ފަންތީގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކާ އިދިކޮޅު ލީޑަރ ރައީސް ޢަބްދުالله ޔާމީން މިރޭ ވަނީ ބައްދަލު ކުރަށްވާފައެވެ. އެގޮތުން އެޕާޓީގެ އިސްސަފުގައި ޙަރަކާތްތެރިވާ ކަނބަލުންނާއެކު ބޭއްވި ބައްދަލު ވުމަށް އިޝާރާތް ކުރަށްވާ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ދިވެހި ކަނބަލުންނަކީ ނަތީޖާ ނެރުމަށް ކުޅަދާނަ އަދި އިތުބާރު ކުރެވޭ ބައެއް ކަމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީން ވެރިކަމަށް ގެނައުމަށާއި ޤައުމުގެ ސިޔާދަތީ ބާރުތައް ހޯދުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނެއް ވުމަށް ޕްރޮގްރެސިވް ކޯލިޝަންގެ އަންހެން މެންބަރުން ތިއްބެވީ ތައްޔާރަށްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މިރޭގެ ޖަލްސާގައި ބައިވެރިވި ހުރިހާ ކަނބަލުން ޔަޤީންކޮށްދިން ދިވެހި ކަނބަލުންނަކީ ނަތީޖާ ނެރުމަށް ކުޅަދާނަ އަދި އިތުބާރު ކުރެވޭ ބައެއް ކަން." އާދަމް ޝަރީފް ވިދާޅުވިއެވެ.



ރައީސް ޔާމިނަށް އިއްވި ޖަލު ހުކުމުން އެމަނިކުފާން ސަލާމަތްވުމާއި ގުޅިގެން މާލެއާއި އަތޮޅުތަކުގައި އެމަނިކުފާނަށް ސަޕޯޓްކުރާ ގިނަ ބަޔަކު ގެންދަނީ އުފާފާޅުކުރުމުގެ އެކި ހަރަކާތްތައް ބާއްވަމުންނެވެ. އަދި ޕީޕީއެމްގެ ސިޔާސީ މަސައްކަތްތައް ވަރުގަދަ ކުރުމަށް ރަށްރަށަށް ވަޑައިގަތުމަށްވެސް ރައީސް ޔާމީން މިހާރު ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން