ޚަތީބުންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
ޚަތީބުންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
ރިސޯޓުތަކުގެ މިސްކިތްތަކަށް 87 ޚަޠީބުން ތަމްރީނު ކޮށްފިއެވެ.

ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި ޕްރޮގްރާމްގައި ޖުމްލަ 207 ބައިވެރިން ބައިވެރިވެފައިވާއިރު މީގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކުރެއްވީ 109 ބައިވެރިންނެވެ. އަދި ޕްރޮގްރާމުން ފާސްވީ 87 ބައިވެރިންނެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ސަނަދު ޙާސިލު ކުރެއްވި ބޭފުޅުންނާއި މުޚާތަބު ކުރަށްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، މި ޕްރޮގްރާމަކީ، މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.ޢަބްދުﷲ މައުސޫމްގެ އެދިވަޑައިގަތުމުގެ މަތިން ފަރުމާކުރެއްވި ޕްރޮގްރާމެއް ކަމަށެވެ. އެހެންކަމުން ޑރ.ޢަބްދުﷲ މައުސޫމް މިކަމަށް ދެއްވި އިސްކަން ފާހަގަކުރައްވާ އެ ބޭފުޅާއަށް ޑރ.އަޙްމަދު ޒާހިރު ޢަލީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ޢިލްމުވެރިންގެ ބުރަ މަސައްކަތުން މި ޕްރޮގްރާމްގައި އުނގަންނަވައިދެއްވި ޢިލްމާއި، ދެއްވި ތަމްރީނުތަކުގެ ފުރިހަމައަށް ބޭނުން ހިފުމަކީ ހަޤީޤީ ކާމިޔާބް. ހަމައެހެންމެ މިފަދަ އިތުރު ޕްރޮގްރާމްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެދިލައްްވައިފިނަމަ ކުރިޔަށް ގެންދިއުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް." މިނިސްޓަރ ޒާހިރު މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިމަށް ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، މި ޕްރޮގްރާމް ޑިޒައިންކޮށް، ކުރު މުއްދަތެއްގެ ތެރޭގައި މިކަން ފުރިހަމައަށް އިންތިޒާމް ކޮށްދެއްވިކަަމަށްޓަކައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަށާއި، މިނިސްޓްރީގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަށްވާ ކަމަށެވެ. ހަމައެހެންމެ ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގާ ރިސޯޓުތަކުގެ އިމާމުންނަށް މި ދާއިރާއިން އިތުރަށް ތަޢުލީމާއި ތަމްރީނު ޙާސިލުކުރުމަށް މަގުފަަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކައިރި ރަށްރަށުން އިމާމުންނާއި ޚަތީބުން ރިސޯޓުތަކަށް ގެނައުމުގައި ދިމާވާ ދަތިތަށް ޙައްލުކޮށް ރިސޯޓުތަކުގައި އިމާމުންނާއި ޚަތީބުން ތަމްރީނުކުރުން މައިގަނޑު މަޤްޞަދެއްކަމުގައި ނިންމައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޚުޠުބާ ކިޔާނެ ގޮތާއި،ތިލާވާ، ނަމާދުގެ ފިޤުޙު އަދި ބަންގި ގޮވާނެ ގޮތުގެ ތަމްރީނުތައް ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން