މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު
މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު
"ކޮތަރުކޮށި" ޖަލްސާއަށް ފުލުހުން ހުރަސްއަޅާތީ ޤާނޫނީ ގޮތުން ޖަވާބުދާރީ ކުރުވާނެކަމުގެ އިންޒާރު މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދެއްވައިފިއެވެ.

އިދިކޮޅުގެ ޖަލްސާއަށް ހިޔާ ފްލެޓް ސަރަޙައްދު ތައްޔާރުކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެޗްޑީސީން ވަނީ ހެވީ ވެހިކަލްސް އެ ސަރަޙައްދުގައި ޕާކްކޮށްފައެވެ. އަދި ފުލުހުންވެސް ވަނީ ޖަލްސާއަށް އެ ސަރަޙައްދު ތައްޔާރު ކުރުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓުވާފައެވެ.

އެކަމާ ގުޅިގެން މުޢިއްޒު މިރޭ ވިދާޅުވީ ހުޅުމާލެއަކީ މާލޭސިޓީ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި އޮންނަ ސަރަޙައްދެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން، އެކަމަށް ސިޓީ ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅުއްވަމުންދާތީ ޤާނޫނީގޮތުން ޖަވާބުދާރީ ކުރުވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ކައުންސިލުން ދީފައިވާހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅުއްވަމުންދާތަން ފެންނަމުންދާތީ އެކަމުގައި ޕޮލިސް ޤާނޫނީގޮތުން ޖަވާބުދާރީ ކުރުވާނެ ކަމުގައި ދަންނަވަން." މުޢިއްޒު ވިދާޅުވެފައިވެއެވެ.



އިދިކޮޅު ޕީޕީއެމުން ހުޅުމާލޭގައި ޖަލްސާއެއް ބާއްވަން އުޅުމުން އެ ޖަލްސާ އެޗްޑީސީގެ ހުއްދަ ނެތި ނުބޭއްވޭނެކަން އެކޯޕަރޭޝަނުން ވަނީ އެ ޕާޓީއަށް އަންގާފައެވެ. އެޗްޑީސީން ބުނީ އެ ޖަލްސާ ބޭއްވޭނީ އެޗްޑީސީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ޚިދުމަތްތަކަށް ހުށައަޅާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީގެ ނިންމުމާ ގުޅިގެން މާލޭސިޓީ ކައުންސިލުން މިއަދު ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ހުޅުމާލެ ގެންދިއުމަށް ފާސްކޮށްފައެވެ. އަދި މިއަދު ހަވީރު ޕީޕީއެމުން ވަނީ ޖަލްސާއަށް އެ ސަރަޙައްދު ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް ފުލުހުން ވަނީ އެ މަސައްކަތް ހުއްޓުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން