ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު
އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު އަކީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ގައުމު އިސްކުރެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ޖެނެރަލް ބިޕިން ރަވާތު ދަތުރުކުރެއްވި ހެލިކޮޕްޓަރ ވެއްޓި އަވަހާރަވުމާ ގުޅިގެން ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައެވެ. ރައީސް ޞާލިޙް ވިދާޅުވީ ޖެނެރަލް ބިޕިން ރަވާތު އަވަހާރަވީ ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ.

2019 ވަނަ އަހަރު ބިޕިން އާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި ބިޕިން އަކީ އެހެން ހުރިހާ ކަމަށް ވުރެ ބޮޑަށް ގައުމު އިސްކުރެއްވި ފަރާތެއް ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ. ރައީސް ޞާލިޙްވަނީ ބިޕިން އަވަހާރަވުމާ ގުޅިގެން ޢާއިލާއަށާއި އިންޑިއާ ސަރުކާރަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު އަވަހާރަވީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު އިންޑިއާގެ ޓަމިލްނަޑޫއަށް ވެއްޓުމާ ގުޅިގެންނެވެ. ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި 14 މީހުން ތިއްބެވެ. މި ޙާދިސާގައި މަރުވި މީހުންގެ ތެރޭގައި ބިޕިންގެ އަނބިކަނބަލުންވެސް ހިމެނެއެވެ. މިޙާދިސާގައި ސަލާމަތްވީ އެންމެ މީހެއް ކަމަށް އިންޑިއަން އެއަރ ފޯސް އިން ވަނީ ބުނެފައެވެ.

މިހާދިސާ ހިނގިއިރު ބިޕިން ދަތުރުކުރައްވަމުން ގެންދެވީ ސުލޫރުގެ އެއަރފޯސް ބޭސްއަކުން ޓަމިލް ނާޑޫގެ ޑިފެންސް ސަރވިސް ސްޓާފް ކޮލެޖުގައި ލެކްޗަރެއް ދެއްވުމަށެވެ.

އިންޑިއާގެ ފުރަތަމަ ޑިފެންސް ޗީފްގެ މަޤާމަށް ބިޕިން އައްޔަންކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

2

ކއވމ

09-Dec-2021

ބިޕިން އަކީ އަވަށްޓެރި ގައުމުތަކައް ސަބަ ެއްނެތި ހަމަލާ ދެމުން ދިޔަމީހެއް. މޯދީ ގެ ލަފާގެ މަތިން ކަޝްމީރުގެ ތައްޔިތުނައް ބޮޑެތީ އަނިޔާދީ އަންހެނުންގެ އިއްފަތްތެރިކަމައް ސިފައިންއަފައިގަތުމައް ހިތްވަރު ދިންމީހެއް ހިންދުއްތުވާ މުޅި ސަރަހައްދައް ފެތުރުމައް ހިންގާ ޖަރީމާގެ ބައިވއެއް. ތުރުމައް

10

ޓްރެންޑިން