މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ (ކ) އާއި ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު
މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ (ކ) އާއި ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު
އިންޑިއާގެ ޑިފެންސް ޗީފް އަވަހާރަވުމާ ގުޅިގެން މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ތައުޒިޔާ ފޮނުއްވައިފިއެވެ.

ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު އަވަހާރަވީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު އިންޑިއާގެ ޓަމިލްނަޑޫއަށް ވެއްޓުމާ ގުޅިގެންނެވެ. ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި 14 މީހުން ތިއްބެވެ. މި ޙާދިސާގައި މަރުވި މީހުންގެ ތެރޭގައި ބިޕިންގެ އަނބިކަނބަލުންވެސް ހިމެނެއެވެ.

ޖެނެރަލް ބިޕިން ރަވާތު އަވަހާރަވުމާ ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ބިޕިން އަވާހަރަވި ހިތާމަވެރި ޚަބަރު އަޑުއެހީ ފުންހިތާމައާއި އަސަރާއި އެކުގައިކަމަށެވެ. ބިޕިން އަކީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ވަރުގަދަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.



ޖެނެރަލް ބިޕިން ރަވާތު އަވަހާރަވުމާ ގުޅިގެން އދ ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދުވެސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. ޝާހިދު ވިދާޅުވީ މި ޙާދިސާގައި ދުނިޔެ ދޫކުރި އެންމެހާ ފަރާތްތަކުގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާކަމަށެވެ. އަދި އިންޑިއާއަށް މި ކުރިމަތިވި ޤައުމީ ހިތާމައިގެ ދަނޑިވަޅުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާ ކަމަށެވެ.



އިންޑިއާގެ ފުރަތަމަ ޑިފެންސް ޗީފްގެ މަޤާމަށް ބިޕިން އައްޔަންކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ވެއްޓުނު ހެލިކޮޕްޓަރަކީ ރަޝިޔާގެ އެމްއައި 17ވީ5 މަރުކާގެ ހެލިކޮޕްޓަރެކެވެ. މިއީ އަސްކަރިއްޔާއާއި ސަރުކާރުގެ އިސް އޮފިޝަލުން އާންމުކޮށް ދަތުރުކުރައްވާ ހެލިކޮޕްޓަރެކެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މިހާދިސާ ހިނގަން މެދުވެރިވެ ގޮތް ބެލުމަށް ޚާއްސަ އިންކުއަރީއެއް ހެދުމަށް ނިންމާފާއެވެ.


ކިޔުންތެރިންގެ ހިޔާލު


16

ރަބީ

09-Dec-2021

މާރިޔާ ވަރައް ދެރަވާނެ.. ބޯއީފްރެންޑް މަރުވީމަ ވަރައް ދެރަވާނެ



ޓްރެންޑިން