އިންޑިއާގެ އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލް، ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވާތު ދަތުރުކުރެއްވި ހެލިކޮޕްޓަރެއް ވެއްޓި، އޭނާ އަވަހާރަވެއްޖެއެވެ.

މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން މަރުވެފައިވާއިރު، އޭގެ ތެރޭގައި ޖެނެރަލް ބިޕިންއާއި އޭނާގެ އަނބިކަނބަލުން ހިމެނެއެވެ.

މިހާދިސާ ހިނގިއިރު ބިޕިން ދަތުރުކުރައްވަމުން ގެންދެވީ ސުލޫރުގެ އެއަރފޯސް ބޭސްއަކުން ޓަމިލް ނާޑޫގެ ޑިފެންސް ސަރވިސް ސްޓާފް ކޮލެޖުގައި ލެކްޗަރެއް ދެއްވުމަށެވެ.

އިންޑިއާގެ ފުރަތަމަ ޑިފެންސް ޗީފްގެ މަޤާމަށް ބިޕިން އައްޔަންކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ވެއްޓުނު ހެލިކޮޕްޓަރަކީ ރަޝިޔާގެ އެމްއައި 17ވީ5 މަރުކާގެ ހެލިކޮޕްޓަރެކެވެ. މިއީ އަސްކަރިއްޔާއާއި ސަރުކާރުގެ އިސް އޮފިޝަލުން އާންމުކޮށް ދަތުރުކުރައްވާ ހެލިކޮޕްޓަރެކެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މިހާދިސާ ހިނގަން މެދުވެރިވެ ގޮތް ބެލުމަށް ޚާއްސަ އިންކުއަރީއެއް ހެދުމަށް ނިންމާފާއެވެ.

ޖެނެރަލް ބިޕިން އަވަހާރަވުމާއި ގުޅިގެން އެކި ޤައުމުތަކުގެ ވެރިން ދަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


6

އަލީ

09-Dec-2021

ތިޔައީ ކަޝްމީރުގެ ތައްޔިތުންނައް ލިބުނު ނަސްރެއް



ޓްރެންޑިން