ކޮތަރުކޮށި ޖަލްސާއަށް އެ ސަރަޙައްދު ތައްޔާރު ކުރަނީ | ފޮޓޯ: ސޯޝަލް މީޑިއާ
ކޮތަރުކޮށި ޖަލްސާއަށް އެ ސަރަޙައްދު ތައްޔާރު ކުރަނީ | ފޮޓޯ: ސޯޝަލް މީޑިއާ
އިދިކޮޅު ޕީޕީއެމްގެ "ކޮތަރުކޮށި" ޖަލްސާއަށް ހިޔާ ފްލެޓް ސަރަޙައްދު ތައްޔާރުކުރަން ފެށުމުން ފުލުހުން އެކަން ހުއްޓުވައިފިއެވެ.

އިދިކޮޅު ޕީޕީއެމުން ހުޅުމާލޭގައި ޖަލްސާއެއް ބާއްވަން އުޅުމުން އެ ޖަލްސާ އެޗްޑީސީގެ ހުއްދަ ނެތި ނުބޭއްވޭނެކަން އެކޯޕަރޭޝަނުން ވަނީ އެ ޕާޓީއަށް އަންގާފައެވެ. އެޗްޑީސީން ބުނީ އެ ޖަލްސާ ބޭއްވޭނީ އެޗްޑީސީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ޚިދުމަތްތަކަށް ހުށައަޅާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީގެ ނިންމުމާ ގުޅިގެން މާލޭސިޓީ ކައުންސިލުން މިއަދު ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ހުޅުމާލެ ގެންދިއުމަށް ފާސްކޮށްފައެވެ. އަދި މިއަދު ހަވީރު ޕީޕީއެމުން ވަނީ ޖަލްސާއަށް އެ ސަރަޙައްދު ތައްޔާރު ކުރުމުގެ މަސައްކަތް ފަށާއެވެ.

ޖަލްސާއަށް އެ ސަރަޙައްދު ތައްޔާރުކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެޗްޑީސީން ވަނީ ހެވީ ވެހިކަލްސް އެ ސަރަޙައްދުގައި ޕާކްކޮށްފައެވެ. އަދި ފުލުހުންވެސް ވަނީ ޖަލްސާއަށް އެ ސަރަޙައްދު ތައްޔާރު ކުރުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓުވާފައެވެ.

ޕީޕީއެމުން ބުނީ އެޕާޓީގެ ޖަލްސާ ހުޅުމާލޭގައި ބާއްވަން އެޗްޑީސީން ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި، މިހާރު ތާވަލް ކޮށްފައިވާ ގޮތަށް އަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ޖަލްސާ ބާއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން