މާލޭ ޓީޖެޓީ ސަރަޙައްދު
މާލޭ ޓީޖެޓީ ސަރަޙައްދު
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ހަވާލުކޮށްފައިވާ މާލޭ ޓީޖެޓީއާ ޙަވާލުވުމަށް ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިއަދު ނިންމާފައިވަނީ ސިޓީ ކައުންސިލާ ޓީޖެޓީ އަނބުރާ ހަވާލުކުރަން އެމްޕީއެލަށް ދިން ތިން މަސްދުވަހުގެ މުއްދަތު އަންނަ އާދީއްތައަށް ހަމަވާތީ، ޓީޖެޓީ އާ ހަވާލުވުމަށް ކައުންސިލުން ކުރަންޖެހޭ ކަންތައްތައް ފެށުމަށެވެ.

ޓީޖެޓީ ސަރަހައްދު އެމްޕީއެލްގެ ދަށުގައި އޮތުމުން މާލޭގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާ ކަމަށް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޓީޖެޓީ އެމްޕީއެލާއި ޙަވާލު ކުރިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުޢިއްޒުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން