ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކަމަށް ބުނެ ޕީޕީއެމް/ ޕީއެންސީއަށް ނިސްބަތްވާ ޒުވާނުން އިސްނަގައިގެން އަންނަ ހޮނިހިރު ދުވަހު ސައިކަލު ބުރެއް ބާއްވަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ބުނީ މިއީ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމުގެ އުފާފާޅުކުރުމުގެ ގޮތުންނާއި އަދި އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަވާތީ އަޑު އުފުލުމުގެ ގޮތުން ބާއްވާ ސައިކަލު ބުރެއް ކަމަށެވެ. ސައިކަލުބުރު ފަށާނީ އަންނަ ހޮނިިހިރު ދުވަހު ހަވީރު 03:45 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިން ކަމަށް އެޕާޓީގެ ޒުވާނުންގެ ގޮފިން ބުނެ އެވެ. ސައިކަލް ބުރު އިންތިޒާމު ކުރަނީ ޒުވާނުން ކަަމަށްވީ ނަމަވެސް ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް ޒުވާނުންގެ ގޮފިން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ޒުވާނުންގެ ގޮފިން ބުނީ، ފައިމަގުގައި އުޅޭ ރައްޔިތުންނަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށެވެ.

އިންޑިއާގެ ނުފޫޒާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ސިލްސިލާ ހަރަކާތްތަކެެއް އިދިކޮޅު ކޯލިޝަނުން ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން