ދުނިޔަވީ މަސްލަހަތެއްގެ ބޭނުމުގައި ބާތިލް، ދިފާއު ކުރުމަކީ މުޅި މުުޖުތަމައުގެ ހައްގުގައި ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް މިހެން ވިދާޅުވީ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ޖަލުން ސަލާމާތްކުރަން ކުރެވުނު މަސައްކަތަކީ، ބަޔަކަށް ކުރެވެނު އެންމެ ބޮޑު ޖިހާދު ކަމަށް އެމަނިކުފާނު ސިފަކުރައްވާފައިވަނިކޮށެވެ. ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، ތިމާއަށް ހަގީގަތް އެނގިހުރެ ދުނިޔަވީ މަސްލަހަތެއްގެ ބޭނުމުގައި ބާތިލް ދިފާއު ކުރުމަކީ މުޅި މުުޖުތަމައުގެ ހައްގުގައި ވެވޭ ބޮޑު ޚިޔާނާތެއް ކަމަށެވެ.



"ފަހުން ނަމަވެސް އެކަމުގެ ހިތި ފެނުމަކީ ޔަގީނުން ވެސް ވާނެ ކަމެއް." ގައުމީ ޔުނިވަސިޓީގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. އިޔާޒް ވިދާޅުވިއެވެ.

ފަސް އަހަރުގެ ޖަލުގެ ހުކުމުން މިނިވަންވުމަށްފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، ދައުލަތުގެ ފައިސާ އެއްގައި އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ނުވާނެ ކަމަށެވެ. ދައުލަތުގެ ފައިސާގައި ޖެހުނު ކަަމަށް ބުނެ އަދުލްވެރި ޝަރީއަތެއް ކޮށްގެން އެމަނިކުފާނުގެ ގައިކޮޅުގައި ދެން ވެސް އަތް ނުލެވޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ރައީސް ޔާމީންވަނީ އެ މަނިކުފާނު މިނިވަންކުރުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެެ. އަދި އެ ކޯލިޝަނުން ކުރަނީ ގައުމީ މަސައްކަތެއްކަމަށާއި، އެ މަސައްކަތަަށް މާތް ﷲ ވާގިފުޅާއެކު ކާމިޔާބު ލިބުނީ ހައްގުގެ ގޮތުގައި ތިބުމުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު